logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕޯޓްސް މިނިސްޓްރީ އަށް މާއްޓޭ އާއި ހާނިމް

މުޙައްމަދު އަފްރާޙް
22 އޭޕްރީލު 2026 - 11:49
ސްޕޯޓްސް މިނިސްޓްރީ އަށް މާއްޓޭ އާއި ހާނިމް

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ދެ މަގާމަކަށް މައުރޫފް އަހުމަދު އާއި މުހައްމަދު ހާނިމް އައްޔަން ކޮށްފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މައުރޫފް އަހުމަދު އައްޔަންކޮށްފައިވަނީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަންގެ މަގާމަށެވެ. މައުރޫފަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރެވެ. އަދި ކޯޗިންގ އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މާއްޓޭ ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާއި، ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމު މައުރޫފް ފުރުއްވާފައެވެ.

އޭނާގެ މި އައު މަގާމުގެ ޒިންމާއަކީ މާލެއަށް ބަރޯސާވެފައި އޮތް ކުޅިވަރުގެ ވަސީލަތްތަކާއި މުބާރާތްތައް އަތޮޅުތަކަށް ފުޅާކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުރިއެރުވުމަށް މިނިސްޓަރަށް ފަންނީ ލަފާދިނުމެވެ.

މުހައްމަދު ހާނިމަކީވެސް ކުޅިވަރުގެ މައިދާނުގައި، ޚާއްސަކޮށް އެތުލެޓިކްސްގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެކެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އެތުލެޓިކްސް އާ އުސްމިންތަކަކަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މީގެ ކުރިންވެސް ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ އެކި ފަންތީގެ މަގާމުތަކުގައި އޭނާ ވަނީ ޚިދުމަތް ކުރަށްވާފައެވެ. ހާނިމް އަކީ ސްކޭޓިން ރާއްޖެއަށް ތައާރަފްކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރަޖިސްޓްރީވެގެން ހިންގާ ފުރަތަމަ ސްކޭޓިން އެސޯސިއޭޝަނުގެ ވެރިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕޯޓްސް މިނިސްޓްރީ އަށް މާއްޓޭ އާއި ހާނިމްޚަބަރު | 2 ގަޑިއިރު ކުރިންމި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢުޚަބަރު | 9 މަސް ކުރިންސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލްކުޅިވަރު | 10 މަސް ކުރިންތިން ރަން މެޑެލް ހޯދައިގެން ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއްޚަބަރު | 10 މަސް ކުރިން