logo
MPL

MPL

ޚަބަރު

މި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢު

ޝަހްޒާ މުހައްމަދު
17 ޖުލައި 2025 - 04:36
މި އަހަރު ވެގެންދާނީ  ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢު

މިހާތަނަށް 50 އަށްވުރެ ގިނަ ކުޅިވަރު ޕްރޮޖެކްޓްތައް ނިންމައި ރައްޔިތުންނާ ހަވާލުކޮށްފައިވާ ކަމަށާއި، މިއަހަރަކީ ކުޅިވަރުގެ ވުޒާރާއިން އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރު ކަމަށް  ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މިނިސްޓަރު ރާފިއު ވިދާޅުވީ، ކުޅިވަރުގެ ވުޒާރާއިން ކުރާ މަސައްކަތްތައް ވީހާވެސް އަމާނާތްތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން އޮޅުވައެއްނުލާނެ. އަޅުގަނޑުމެން ދޮގެއް ނަހަދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރުގެ ވުޒާރާއިން މިހާތަނަށް ނިންމާފައިވާ 50 އަށްވުރެ ގިނަ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކުޅިވަރުގެ އެކި ވަސީލަތްތައް ހިމެނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްތަކާ މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވެއެވެ. ކުޅިވަރާ ބެހޭ ޤާނޫނުގެ އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މިދިޔަ މެއި މަހު ރައީސް ވަނީ ތަސްދީޤްކުރައްވާފައެވެ. ކުޅިވަރު ޤާނޫނުގެ ސަބަބުން ދިވެހި ކުޅިވަރުން ފެނިގެންދާނީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށް މިނިސްޓަރު ރާފިއު ކުރިން ވިދާޅުވެފައިވެއެވެ. ކުޅިވަރު ގާނޫނުގެ ދަށުން ހެދިގެންދާ ޤައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅިވަރުގެ އިންގިލާބެއް: ހުޅުމާލޭގައި ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 34 މިނިޓު ކުރިންދުޅަހެޔޮ ޖީލަކަށް: 119 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްޚަބަރު | މަހެއް ކުރިންރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އިސްކަންދެން: ރާފިއުޚަބަރު | މަހެއް ކުރިންޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، މަސައްކަތްތައް ކުރިއަށްދާނީ ފުރިހަމަކަމާއެކު: ވަޒީރު ރާފިއުޚަބަރު | 2 މަސް ކުރިން