logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނެޓްފްލިކްސްއިން 'ދަ ބޮޓްލާރސް' ސީޒަން 4 އެއް ރަސްމީކޮށް ޕްރީމިއަރކޮށްފި

އަބްދުﷲ ޣާނިމް
23 އޭޕްރީލު 2026 - 03:48
ނެޓްފްލިކްސްއިން 'ދަ ބޮޓްލާރސް' ސީޒަން 4 އެއް ރަސްމީކޮށް ޕްރީމިއަރކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބާންލީ ބަލިކޮށް، ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މި ނަތީޖާއާއެކު ބާންލީ ވަނީ ލީގުގެ ދެވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕަށް ރެލިގޭޓްވެފައެވެ. މިނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅުންފެށިގެން މިއަދާއިހަމައަށް އެއްވަނައިގައި އޮތް އާސެނަލް ޖެހި ގޯލުގެ ތަފާތުން މިހާރުވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ.

ސިޓީން ވަނީ ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާސެނަލްއާ ދެމެދު އޮތް 9 ޕޮއިންޓުގެ ފަރަގު ކުޑަކޮށް، ލަނޑުގެ ތަފާތުން ތާވަލުގެ ކުރި ހޯދާފައެވެ. މިއީ ސީޒަނުގެ ފުރަތަމަ ހަފްތާއަށްފަހު ސިޓީން ތާވަލުގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ. އެ ޓީމުން މިހާރު ވަނީ ބަލިނުވެ 11 މެޗު ހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަސްވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ އިތުބާރު ފޯވާޑް އާލިން ހާލަންޑް އެވެ. ޖެރެމީ ޑޯކޫ ދިން ޕާހަކުން ހާލަންޑް ވަނީ ބާންލީގެ ކީޕަރު މާޓިން ޑުބްރާވްކާގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މީގެ އިތުރުން ދެވަނަ ހާފުގައިވެސް ހާލަންޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

ސިޓީން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ރަޔާން ޗެރްކީ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ޑުބްރާވްކާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ނިކޯ އޯރައިލީ އާއި ރަޔާން އައިޓް-ނޫރީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިފައެއް ނުވެއެވެ.

ބާންލީގެ ފަރާތުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޖޭޑަން އެންތަނީ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ދިފާއުކުރިއިރު، ޒިއާން ފްލެމިންގްއަށް ލިބުނު ފުރުސަތު ދިޔައީ ގޯލާ ނުސީދާކޮށެވެ.

މި ބައްޔާއެކު ސްކޮޓް ޕާކާގެ ބާންލީ ވަނީ ވުލްވްސްއާއެކު އަންނަ ސީޒަނުގައި ދެވަނަ ޑިވިޝަނުގައި ކުޅެން ޖެހިފައެވެ. މިއީ ފާއިތުވި ތިން އަހަރު ތެރޭގައި އެ ޓީމު ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ދެވަނަ ފަހަރެވެ.

މިނަތީޖާއާއެކު ފާއިތުވެ ދިޔަ ތިން އަހަރު ޖެހިޖެހިގެން ދެވަނައަށް ދިޔަ އާސެނަލް އަނެއްކާވެސް ވަނީ ޖެހިޖެހިގެން 4 ވަނަ އަހަރު ތަށި ނުލިބި ދެވަނައިގައި ނިންމާލަންޖެހިދާނެކަމުގެ ބިރު ހީވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓްފްލިކްސްއިން 'ދަ ބޮޓްލާރސް' ސީޒަން 4 އެއް ރަސްމީކޮށް ޕްރީމިއަރކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފިކުޅިވަރު | 3 ދުވަސް ކުރިންސެޓްޕީސްއަކުން ގޯލެއް ނުޖެހުނުނަމަވެސް ފުރަތަމަ ލެގުގެ ގޯލާއެކު އާސެނަލް ސެމީއަށްކުޅިވަރު | 7 ދުވަސް ކުރިންބޮޓުލްއެފްސީގެ އެލިފަންޓް އަރައިއޮތް ގަހުން ނުފޭބުމުން އެހެން ޓީމުތަކުން ގަސް ކަނޑަން ފަށައިފިކުޅިވަރު | 12 ދުވަސް ކުރިން