logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ޖޫން 12 ގައި ބާއްވަނީ

މަރިޔަމް މާޙީ
23 އޭޕްރީލު 2026 - 05:21
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ޖޫން 12 ގައި ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް މަގާމެއް ކަމަށްވާ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު، 12 ޖޫން 2026ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ކަމަށެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ފުރުސަތު ހަމަވާނީ 2026 މެއި 02 ވާ ބުދަ ދުވަހުގެ 14:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރަކަށް ވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ އެންމެހާ ޝަރުތުތައް ފުރިހަމަވާންޖެހެ އެވެ.

އިންތިޚާބަށް ކުރިމަތިލާ މެންބަރުން ފޯމު ހުށަހަޅަންޖެހެނީ ޕާޓީން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ. މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ވެސް ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

މިހާތަނަށް މި މަގާމަށް ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ޖޫން 12 ގައި ބާއްވަނީޚަބަރު | 3 ގަޑިއިރު ކުރިންނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!ޚަބަރު | 4 ދުވަސް ކުރިންރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ފޮޓޯ ކޮޅެއް ހޯދާލަން: ޝުޖާއުޚަބަރު | 4 ދުވަސް ކުރިންއެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 12 ދުވަސް ކުރިން