logo
Bank of Maldives

Bank of Maldives

ޚަބަރު

މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ޓައިމްލައިންތަކަށް ދަނީ ބަދަލުގެންނަމުން: މިނިސްޓަރ

މުޙައްމަދު އަފްރާޙް
23 އޭޕްރީލު 2026 - 10:44
މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ޓައިމްލައިންތަކަށް ދަނީ ބަދަލުގެންނަމުން: މިނިސްޓަރ

މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ޓައިމްލައިންތަކަށް ދަނީ ބަދަލުގެންނަމުން ކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މިދަނޑިވަޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ. އެގޮތުން އަސާސީ ބާވަތްތައްކުގެ އަގުތައް މެނޭޖްކުރަމުން އެބާވަތްތައް ބާޒާރުން ލިބޭނެކަން ކަށަވަރުކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއަށްދާ މަޝްރޫތައްވެސް ހުއްޓާނުލާ ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ލިބުމުގައި ގިނަ ހުރަސްތަކެއް ހުރިކަމަށެވެ. ލަސްތަކެއް އައުމާއި ތަކެތީގެ އަގު ބޮޑުވުން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިޙާލަތުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބައެއް ބަދަލު ގެނެސްގެން ނަމަވެސް މަސައްކަތް ނުހުއްޓިކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައިވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއަށް މިފަދަ ސާމާނު ގެންނަ ޤައުމުތައް އިތުރުކުރުމާއި އިތުރު ރޫޓުތަކުން މުދާ ގެނައުމުގެ އިތުރުން އީޖާދީގޮތެއްގައި އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ބޮޑު ހިލަ ހޯދުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުން ހައުސިންއަށް އިތުރު ބިން ހޯދުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންބޯހިޔާވަހިކަމަށް އެދި 37000 ފޯމުޚަބަރު | މަހެއް ކުރިންމާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު މުއްތަލިބްޚަބަރު | 2 މަސް ކުރިންރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއްޚަބަރު | 2 މަސް ކުރިން