އޭޕްރިލް މަހު ރާއްޖެއިން 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓު ކޮށްފައިވޭ!
25 އޭޕްރީލު 2026 - 11:07

ހުސްވި މާރިޗް މަހު ދިވެހިރާއްޖެއިން 69 މިލިޔަން ރުފިޔާގެ މަސް އެކްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީފެބްރުއަރީ މަހު އެކްސްޕޯޓް ކުރި މިންވަރާ އަޅާ ބަލާއިރު 35 އިންސައްތަ އިތުރު އަދަދެކެވެ.

Ad by Hajj Corporation
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރި މިންވަރަށްވުރެ މާރިޗް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ އިތުރު ވެފައެވެ. ފެބުރުއަރީ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ 51 މިލިޔަން ރުފިޔާގެ މަހެވެ.
މާރިޗް މަހު ދަޅުގައި ބަންދުކުރި ކަޅުބިލަ މަސް އެކްސްޕޯޓް ކުރި މިންވަރުވެސް ފެބްރުއަރީ މަހާ އަޅާ ބަލާއިރު ވަނީ އިތުރު ވެފައެވެ. އެގޮތުން މާރިޗް މަހު ދަޅުގައި ބަންދުކޮށްގެން ކަޅުބިލަ މަސް އެކްސްޕޯޓް ކޮށްފައިވަނީ 51 މިލިޔަން ރުފިޔާއެވެ. އަދި ފެބްރުއަރީ މަހު މި އަދަދު ހުރީ 29 މިލިއަން ރުފިޔާގައެވެ.
އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓް ކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި މަހެވެ.
މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކަށް ބަލާއިރު:
-ދަޅު މަސް: 51 މިލިޔަން ރުފިޔާ
-ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިޔަން ރުފިޔާ
-ތާޒާ ކަންނެލި މަސް: 6 މިލިޔަން ރުފިޔާ
ދިވެހީން ބާނާ ކަނޑުމަސް ޗައިނާގެ ސީޗުއަންއަށް އެކްސްޕޯޓްކުރުމަށް މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފައި، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓަކުން ޖާގަ ހޯދުމެވެ.
މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަންނަވާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކްސްޕޯޓް އިތުރުކުރުމުގެ އިތުރުން، ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން ވެސް ބިނާކުރަނިވި ވާހަކަތަކެއް ވަނީ ދައްކަވާފައެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އޮތީ ތައްޔާރަށެވެ.


