logo
MPL

MPL

ޚަބަރު

މިސަރުކާރު އައިފަހުން ބޯޑަރު ކޮންޓްރޯލް ކުރުމަށް ކަސްޓަމުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރި: އިހުސާން

އައިޝަތު ނަޝާއައިޝަތު ނަޝާ
18 ޖުލައި 2026 - 10:36
މިސަރުކާރު އައިފަހުން ބޯޑަރު ކޮންޓްރޯލް ކުރުމަށް ކަސްޓަމުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރި: އިހުސާން

 މިސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރުން ޑްރަގް އަތުލުމާއި، ޤާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖުގައެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ދެއަހަރާއި ބައިގައި ކަސްޓަމްސްއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގެ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުވައްސަސާއަށްވާއިރު، މި މުވައްސަސާއިން ކުރަމުން ދަނީ ޤައުމީ ސަލާމަތާބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

އަދި ކުރިއަށް އޮތްތާގައިވެސް ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އަގުހުރި ޤައުމީ މަސައްކަތްތަކެއް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވި އެވެ.ވަޒީރުގެ ވާހަކައިގައި ވަނީ، ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަން ކުރައްވާނެ ގޮތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކޮށް މިހާރަށްވުރެ ޑިޖިޓަލް އެންވަޔަރަމެންޓެއްގައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކުރެވި ޑިޖިޓަލައިޒް އެންވަޔަރަމެންޓެއްގައި އަދި އެންފޯރސްމަންޓުގައި މިހާރަށްވުރެ ޓެކްނޮލިޖީ އެމްބެޑް ކުރެވިގެން ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއަދަށްވުރެވެސް ފުރިހަމައަށް ކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ." ވަޒީރު އިހްސާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފަށާފައިވަނީ، މީލާދީން 1890 ވަނަ އަހަރު ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | 5 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | 14 ދުވަސް ކުރިންޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފިޚަބަރު | 16 ދުވަސް ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | 25 ދުވަސް ކުރިން