logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ހުށަހެޅުންތަކަށްފަހު ޚާރިޖީ ވަޒީރު އޮމާނަށް ވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޭޕްރީލު 2026 - 18:51
Abbas Araghchi
Abbas Araghchi

ހަނގުރާމަ ދާއިމީގޮތެއްގައި ހުއްޓާލުމަށް މަޝްވަރާކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، ޕާކިސްތާނުގެ އިސްލާމްއާބާދުން އޮމާނަށް ވަޑައިގެންފިއެވެ.

އީރާންގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރާގްޗީ ޑިޕްލޮމެޓިކް ވަފުދަކާއެކު އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގައި އޮމާންގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުންނާއި ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. މި ދަތުރުފުޅަކީ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރައްވާ ދަތުރުފުޅެކެވެ. ޕާކިސްތާނުގައި ހުންނަވައި ދެއްވި ބަޔާނެއްގައި އަރާގްޗީ ވިދާޅުވީ، "އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އަމަލީ ގޮތުން ކުރެވިދާނެ އޮނިގަނޑަކާ މެދު" އޭނާގެ ގައުމުގެ ދެކޭގޮތް ހިއްސާކުރައްވާފައިވާ ކަމަށެވެ.

އަރާގްޗީ ވަނީ އެމެރިކާގެ ނިޔަތާ މެދު ޝައްކު އުފައްދަވާފައެވެ. ސޯޝަލް މީޑިއާ ކުންފުނި އެކްސްގައި އޭނާ ވިދާޅުވީ، "ޑިޕްލޮމެސީއަށް އެމެރިކާ އިން ހަގީގަތުގައިވެސް ސީރިއަސްތޯ އަދި ބަލަންޖެހޭ" ކަމަށެވެ. އީރާނުން އެމެރިކާއާއެކު ސީދާ ވާހަކަދެއްކުމަށް އިންކާރުކޮށްފައިވާއިރު، ޕާކިސްތާނުން ދަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

މިދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި މުޝީރު ޖެރެޑް ކުޝްނާ ޕާކިސްތާނަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އެއްވެސް ނަތީޖާއެއް ނުނިކުންނަ ވާހަކަތަކެއް ދައްކަން ތިބެން އިތުރު 18 ގަޑިއިރުގެ ދަތުރުތަކެއް ނުކުރާނެ" ކަމަށެވެ.

މި މަޝްވަރާތަކަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަންކަމެވެ. ނަމަވެސް ހޯރްމޫޒް ކަނޑުއޮޅިއާއި އީރާނުގެ ބައެއް މައްސަލަތަކުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އޮމާނަކީ ވެސް ސަރަޙައްދީ މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމަކަށް ވުމާއެކު، އަރާގްޗީގެ މި ދަތުރުފުޅަކީ ސުލްހައިގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ދަތުރެއް ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ވަފުދެއް ފޮނުވުން ޓްރަމްޕް ކެންސަލް ކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުގެ ހުށަހެޅުންތަކަށްފަހު ޚާރިޖީ ވަޒީރު އޮމާނަށް ވަޑައިގެންފިދުނިޔެ | 2 ގަޑިއިރު ކުރިންހޯރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލާ ކޮންމެ އުޅަނދަކަށް ހަމަލާދިނުމަށް އަންގައި ޓްރަމްޕްގެ އަމުރެއްދުނިޔެ | 2 ދުވަސް ކުރިންއިސްރާއީލަށް ޖާސޫސްކޮށްދިން އީރާނުގެ އެޓޮމިކް އެޖެންސީގެ ކުރީގެ މުވައްޒަފަކަށް މަރުގެ އަދަބު ދީފިދުނިޔެ | 3 ދުވަސް ކުރިން