logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފަށައިފި

ޒިދާން މުޙައްމަދު
26 އޭޕްރީލު 2026 - 03:46
ދެ އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފަށައިފި

ދެ އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ ކ. އަދި ވ. އަތޮޅުގައެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވީ، މިކަމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ވަޒީރު ޤީލާ ޢަލީއެވެ.

ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމަކީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަތުމަށްފަހު، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

ޞިއްޙީ ވުޒާރާއިން ބުނީ، މި ޕްރޮގްރާމް މިހާރު ކުރިއަށް 13 އަތޮޅެއްގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މި ޕްރޮގްރާމުގައި ޢާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރި ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ. އަދި ޞިއްޚީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ޞިއްޚީ މަޢުލޫމާތު ފޯރުކޮށްދީ، ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނޭ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުންޏެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، އަވަހަށް ބަލި ދެނެގަތުމަށް ފެށި މި އިބްތިދާއީ ޞިއްޚީ ނިޒާމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަ ކަމާއެކު ޞިއްޚީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމު ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ނިޒާމު ދިރުވާ އާލާކުރުމަށް ކ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް"ގެ ކޮމިއުނިކޭޝަން ކެމްޕޭންވެސް ވަނީ އިފްތިތާޙް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން