logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެން ފުލުހުންނަކީ ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބު: ވަޒީރު ޤީލާ

އައިޝަތު ނަޝާ
21 ސެޕްޓެމްބަރު 2026 - 12:04
އަންހެން ފުލުހުންނަކީ ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބު: ވަޒީރު ޤީލާ

ފުލުހުންގެ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު އަންހެން ފުލުހުންނަކީ ޚިދުމަތުގެ މުހިންމު އެއް ތަނބުކަމަށް ސިއްހަތާ އާއިލާއާއި އަދި އިޖްތިމާއީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ދުވަސް 2026 ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ވަނީ، ހައްސާސް މައްސަލަތައް ހައްލުކުރުމަށާއި، ފަންނީ ދާއިރާތަކުގައި އަންހެން ފުލުހުން ކުރީ ސަފުގައި ހަރަކާތްތެރިވެ އެކަމުގެ ހެޔޮ ނަތީޖާ މުއައްސަސާއަށާއި ޤައުމަށް ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކަނބަލުންނަށް ޚާއްސަކޮށްގެން ހިނގާ ތަމްރީންތަކާއި ކަނބަލުންނަށް އަމާޒުކޮށްގެން މުއައްސަސާގައި އެކުލަވާލާފައިވާ ސިޔާސަތުގެ ސަބަބުން ފުލުހުންގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ކަނބަލުން އިތުރުވެގެން ދިޔުމަކީ ފާހަގަކޮށްލެވޭ ކަމެއް. އަދި އެއީ މުއައްސަސާގައި މިންތީގެ ހަމަހަމަކަމަށް ދޭ އިސްކަމެއް"ވަޒީރު ޤީލާ

މީގެއިތުރުން ދާޚިލީ ސަލާމަތާ ގުޅޭ މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއްގައި ކަނބަލުން ވަޒީފާ އަދާކުމަކީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމެއްކަން ފާހަގަ ކުރައްވާ ވަޒީރު ޤީލާ ވިދާޅުވީ، ޢާއިލީ ޒިންމާތަކާއި ވަޒީފާގެ ބުރަކަން އެއްވަރެއްގައި ހިފެހެއްޓުމަކީ މިއަދު ފަސޭހަކަމެއް ނޫންކަމަށެވެ. އަދި ވަޒީފާގައި އިސްކަން ދިނުމަކީ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއްކަމަށާއި،ހަމައެއާއެކު ގޭތެރޭގައި މައެއްގެ ހައިސިއްޔަތުންނާއި ދައްތައެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކަކީ ކުޑަކަމެއް ނޫންކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވަނީ ކަނބަލުން ދައްކާ ހިތްވަރަކީ މުޖުތަމަޢަށް ލިބޭ ފަޚުރެއްކަން ފާހަގަކުރައްވާ ތަމްރީންގެ ދާއިރާގައި ބައިނަލްއަޤްވާމީ ގުޅުންތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެން ފުލުހުންނަކީ ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބު: ވަޒީރު ޤީލާޚަބަރު | ގަޑިއިރެއް ކުރިން"މިއީ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިންތިޒާމްތަށް އެންމެ ފުރިހަމަ ކޮންގްރެސް"ޚަބަރު | 5 ދުވަސް ކުރިންދެ އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފަށައިފިޚަބަރު | 5 މަސް ކުރިން