"މިއީ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިންތިޒާމްތައް އެންމެ ފުރިހަމަ ކޮންގްރެސް"
16 ސެޕްޓެމްބަރު 2026 - 13:41

މި ކޮންގްރެސްއަކީ މިހާތަނަށް ޕީއެންސީން ބޭއްވި އެންމެ ފުރިހަމަ ކޮންގްރެސް ކަމަށާއި، މި ކޮންގްރެސް އިން ރައްޔިތުންނަށް އެންމެ ފުރިހަމައަށް މައުލޫމާތު ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ސިއްހަތާއި އާއިލާ އަދި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެ އެވެ.
ވަޒީރު ޤީލާ މިފަދައިން ވިދާޅުވީ، މަތީ މަޖިލީހުގައި އޮތް ސިއްޙީ ދާއިރާއާ ގުޅޭ ޚާއްސަ ސެޝަން ނިންމާލެއްވުމަށްފަހު މެންދުރު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

Ad by Hajj Corporation
ވަޒީރު ޤީލާ ވިދާޅުވީ،އެ ވުޒާރާއަށް މި ކޮންގްރެސްގައި ލިބުނު މި ފުރުސަތަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ އަދި ވަރަށް މުހިންމު މައްސަލަތަކަށް އަދާހަމަ މައުލޫމާތުތަކެއް ފޯރު ކޮށްދޭން ލިބުން ފުރުސަތެއް ކަމަށެވެ. އަދި އޭގެ އިތުރުން މިއަދު ވެސް ސިއްހީ އަދި އިޖްތިމާއީ ދާއިރާގެ އިތުރުން ޓަރޝަރީ ލެވެލް ގައި ހިންގާ ހޮސްޕިޓަލްތަކުގައި ދެމުންގެންދާ ހިދުމަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޖުމްލަ ގޮތެއްގައި އަޅުގަނޑަށް ހީވަނީ މުޅި ސިއްހީ ދާއިރާ އެެއްކޮށްހެން އަޅުގަނޑުމެންނަށް ކޮންގްރެސް ގެ ތެރޭގައި މި ލިބުނު މި ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް. ދެން މިކަހަލަ ފުރުސަތެއްގެ ތެރެއިން ރައްޔިތުންގެ ހިތުގަ ހުރި ކަންކަން ސާފުކޮށްދިނުމަކީ އެއީ އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް ކަންތައް.ކޮންގްރެސްގެ ތެރެއިން އަޅުގަނޑުމެންނަށް މި ފުރުސަތު ފަހި ވެގެން ދިޔަ"ވަޒީރު ޤީލާ
ވަޒީރު ޤީލާ ވިދާޅުވީ، ސިއްހީ ދާއިރާއާ ވަކިން ބައްދަލުކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް ސިއްހީ ދާއިރާ އޭ ބެހޭ މައުލޫމާތުތަށް ފޯރުކޮށްދިނުމަށްޓަކާ 3 ރޫމެއް ހަމަޖައްސާފައިވާނެ ކަމަށާއި،އެގޮތުން އިއްޔެ އާ މިއަދު ހިމެނޭހެން ވަރަށް ގިނަ ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށެވެ.


