logo
MPL

MPL

ޚަބަރު

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ

އާމިނަތު ޝަފާ
13 އޮކްޓޯބަރު 2024 - 03:48
ރައްޔިތުންގެ މަޖިލިސް ޖަލްސާ
ރައްޔިތުންގެ މަޖިލިސް ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށިގެންދާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މީގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައި އޮތީ މި މަހުގެ 6 ވަނަ ދުވަހުއެެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މެންދުރު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު އޭރު ވިދާޅުވީ ރައްޔިތުންގެ މަޖީލީހުގެ ޖަލްސާތައް ބޮރޯޑްކާސްޓް ކުރުމަށް އާ ވީޑިއޯރޫމް އެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ ޖަލްސާތައް ފެށުން ލަސްކުރަން ނިންމާފައިވާ ކަމަށެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި ޖަލްސާތައް ފަސްކުރީ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ދަތިތަކެއް ހުރުމުންނެވެ.

20 ވަަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހަޅައި، އޭގެތެރެއިން 11 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއަންނަ ދައުރަށް މުހިންމު ބިލުތަކެއް ސަރުކާރުގެ އެކި އިދާރާތަކުން ހުށަހަޅާފައިވާއިރު 20 ވަނަ މަޖިލީހަކީ 19 ވަނަ މަޖިލީހާ ހިލާފަށް ގިނަ މަސައްކަތްތަކެއް ކުރާ މަޖިލީހެއްގެ ގޮތުގައި ރައްޔިތުން އަންނަނީ ސިފަކުރަމުންނެވެ.

މިދިޔަ ދައުރު ފާސްކުރެވުނު ބިލުތައް:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ފޮރިން އިންވެސްޓްމަންޓްގެ ބިލް
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރު ނިންމާލިއިރު 82.9 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | 27 މިނިޓު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 20 ގަޑިއިރު ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | ދުވަހެއް ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 6 ދުވަސް ކުރިން