logo
Bank of Maldives

Bank of Maldives

ޚަބަރު

3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ބަންގްލަދޭޝް ދެ މީހުން!

އައިޝަތު އިނާޝާ
26 އޭޕްރީލު 2026 - 12:06
3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ބަންގްލަދޭޝް ދެ މީހުން!

ރާއްޖެއަށް ވައިގެ މަގުން 3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ.

މި ދެމީހުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1105 ގުރާމެވެ. މި ތަކެތީގެ މަގުމަތީގެ އަގު 3.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފަވާއިރު، އެތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން މި އަހަރުގެ މާޗު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 14 މައްސަލައެއްގައި 38.18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އޮބްޒާވް ކުރުމަށް އާންމުންނަށް ހުޅުވާލައިފި!ޚަބަރު | 2 ގަޑިއިރު ކުރިން3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ބަންގްލަދޭޝް ދެ މީހުން!ޚަބަރު | 2 ގަޑިއިރު ކުރިންވަގަށް ނަގާފައިވާ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި!ޚަބަރު | 2 ގަޑިއިރު ކުރިންޑްރަގާއެކު ވާދޫ ބަނދަރު ސަރަހައްދުން 18 އަހަރުގެ އަންހެނަކާއި އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 10 ގަޑިއިރު ކުރިން