މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އޮބްޒާވް ކުރުމަށް އާންމުންނަށް ހުޅުވާލައިފި!
26 އޭޕްރީލު 2026 - 12:13

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އޮބްޒާވްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އޮބްޒާވްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިރޭ 12:00 އާއި ހަމައަށެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން media@police.gov.mvއަށް އީމެއިލް ކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިވަޑައިގެންފައެވެ.
އަދި އޮބްޒާވްކުރުމަށް ހުށަހަޅާ ފަރާތްތަކުން މެއިލް ކުރާއިރު، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު މެއިލްގައި ހިމެނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ދޫނިދޫގައެވެ.


