އަދަދު ނޫހުގެ ޑޮކިއުމަންޓްރީ: ދޮގު ވާހަކަ ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނަން: ރައީސް
27 އޭޕްރީލު 2026 - 05:46

މީގެ ދުވަސްކޮޅެއް ކުރިން އަދަދު ނޫހުން އެމަނިކުފާނާއި ގުޅުވައި އުފެއްދި ޑުކިއުމެންޓްރީ އަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކައެއް ކަމަށާއި، އެކަމާ ގުޅޭގޮތުން ދޮގު ހަބަރު ފެތުރި ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ، ވަނީ ރައީސުލްޖުމްހޫރިއްޔާ ކައިވެނިން ބޭރުގައި އަންހެނަކާ އެކީ ގުޅުމެެއް ބޭއްވިކަމަށާއި، އަދި ރައީސް ގެ އޮފީހުގެ ކެބިންގައި އެކަހެރިކޮށް ބައްދަލުކުރެއްވިކަމަށް ބުނެފައެވެ. އަދި އެ އަންހެން މީހާއަށް ފައިސާ ދިން ކަމަށާއި އެ ވާހަކަތަކަކީ ތެދު ވާހަކަތަކެއްތޯ ސުވާލުކޮށްފައެވެ.

Ad by Hajj Corporation
މިސުވާލަށް ޖަވާބު ދެއްވާ ރައީސް ވިދާޅުވީ،އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، އަދަދު ނޫހުން ދޮގު ވާހަކަ ހިމެނޭހެން ވީޑިއޯ ހެދިކަމަށް އަމިއްލައަށް އިއުތިރާފު ވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ ދޮގު ވާހަކަތަކެއް ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިލައްވާ ކަމަށެވެ.
"ތިބޭފުޅުންނަކީ ދޮން އަމާ ވީޑިއޯވެސް ހެއްދެވި ބޭފުޅުން.އެކަހަލަ ވީޑިއޯއެއް ހެއްދްވި ދާނެ އަނިއްކާވެސް ތިބޭފުޅުންނަށް.އަޅުގަނޑު އަދި ހައިރާނެއް ނުވޭ އެކަހަލަ ވީޑިއޯ އެއް ހެދިޔަކަސް"ރައީސް ޑރ މުހައްމަދު މުއިއްޒު"


