logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު ތިން ޖީޕީ ކްލިނިކެއް ހުޅުވަނީ

އައިޝަތު ނަޝާ
27 އޭޕްރީލު 2026 - 06:30
އިތުރު ތިން ޖީޕީ ކްލިނިކެއް ހުޅުވަނީ

މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ގާއިމް ކުރާ އިތުރު ތިން ޖީޕީ ކްލިނިކްގެ މަސައްކަތް އޮގަސްޓް މަހަށް ދާއިރު ނިމި ހުޅުވިގެން ދާނެ ކަަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތެލެސީމިއާ ސެންޓަރު ކުރިން ހުރި ތަނުގައި ގާއިމް ކުރާ ޖިޕީ ކްލިނިކްގެ އިންޓީރިއާ މަސައްކަތްތައް ކުރެވެމުންދާއިރު، ކުރިއަށް 3-4 މަސް ތެރޭގައި އެތަން ނިންމާފައި ހުޅުވަން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ހުޅުމާލޭ ފޭސް ދޭއްގައިވެސް ޖީޕީ ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، ފޭސް އެކެއްގައިވެސް ޖީޕީ ކްލިނިކެއް ގާއިމް ކުރަން ތަނެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ.

އަދި މާލެއިން ބޭރުގައިވެސް މި ހިދުމަތް ފަށަން ސަރުކާރުން ޕްލޭން ކުރާއިރު، ސިޓީތަކުގައި މި އަހަރު ތެރޭގައި ޖީޕީ ކްލިނިކްގެ މަސައްކަތް ފަށަން ކަަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، ދެން އޮތް ފޭސްގައި މި ހިދުމަތް ފުޅާ ވެގެން ދާނީ އާބަން ސެންޓަރުތަކަށް ކަަމަށްވެސް ރަައީސް ވިދާޅުވިއެވެ.

"މި ތިން ތަން ކުރިއަށް އޮތް 3-4 މަސް ތެރޭގައި ނިންމާފައި ހުޅުވަން، އެހެން ގޮތަކަށް ދަންނަވަންޏާ ޖުލައި އޮގަސްޓަށް ދާއިރު، އުއްމީދަކީ މާލެ ސިޓީގައި ހުންނާނެއޭ 4 ޖީޕީ ކްލިނިކް" ރަައީސް ޑރ މުހައްމަދު މުއިއްޒު

ޖީޕީ ކްލިނިކްތަކުގެ ސަބަބުން އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކަށް ދާންޖެހޭ މިންވަރު މަދުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު އަވަސް ސިއްހީ ހިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 20 މިނިޓު ކުރިންއޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލްގެ ޚިދުމަތް ފަށަނީޚަބަރު | 25 މިނިޓު ކުރިންްއެމްޑީޕީން ރަހުނުކުރި ހަރުމުދާތައް ސަލާމަތްކޮށް 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައިފިޚަބަރު | 35 މިނިޓު ކުރިންއިތުރު ތިން ޖީޕީ ކްލިނިކެއް ހުޅުވަނީޚަބަރު | 2 ގަޑިއިރު ކުރިން