logo
Bank of Maldives

Bank of Maldives

ޚަބަރު

ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުން ހަމަނުޖެހުމަށް މަގުފަހިވޭ: ނައިބުރައީސް

ޒިދާން މުޙައްމަދު
28 އޭޕްރީލު 2026 - 16:39
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުން ހަމަނުޖެހުމަށް މަގުފަހިވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ އިނގިރޭސިބަހުން ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ސައްޙަ މަޢުލޫމާތު ލިބިގަތުމަށް އާންމުން ބަރޯސާ ވަނީ ނޫސްވެރިންނަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އަޚްލާޤީ މިންގަނޑުން ކުރާ ނޫސްވެރިކަމުން ފެންވަރު ރަނގަޅު މަޢުލޫމާތު ހާމަކޮށްދީ، ޒިންމާދާރު ކުރުވުމުގެ އިތުރުން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުން ނެއްޓިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުން ހަމަނުޖެހުމަށް މަގުފަހިވެ، ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްވަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި އުސޫލުތަކަށް ހުރިހާ ނޫސްވެރިންވެސް އަމަލުކުރުމަށް އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންޢީދުގައި އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރަންޖެހޭ: ނައިބް ރައީސްޚަބަރު | 22 ދުވަސް ކުރިންރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް: ނައިބު ރައީސްޚަބަރު | މަހެއް ކުރިންޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުން ހަމަނުޖެހުމަށް މަގުފަހިވޭ: ނައިބުރައީސް ޚަބަރު | 2 މަސް ކުރިން