logo
MPL

MPL

ޚަބަރު

ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ: ނައިބު ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ޖުލައި 2026 - 19:42
ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ: ނައިބު ރައީސް

ފެންވަރު ރަނގަޅު ދަތުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފިއެވެ.

ނައިބު ރައީސް މި ޔަޤީންކަން ދެއްވީ ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތަށް 50 އަހަރު ފުރުން ނުވަތަ ރަން ޔޫބީލް ފާހަގަކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދަތުގެ ފަރުވާގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ކުރިއަށް އޮތް އަހަރުތަކަކީ އާ އީޖާދުތަކާއި ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި އަމާޒަށް ވާޞިލްވުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުން އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރައްވަމުން، ނައިބު ރައީސް ވަނީ މުޙައްމަދު ސަލީމްގެ ނަންފުޅު ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ 50 އަހަރު މެދުކެނޑުމެއްނެތި އޭނާ ކުރެއްވި ޚިދުމަތަކީ ދިވެހި ޞިއްޙީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ޞިއްޙީ ޚިދުމަތްތައް ހަމައެކަނި މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުންކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. މިއަދު މި ދާއިރާއިން ދިވެހި ގިނަ ސްޕެޝަލިސްޓުން ޚިދުމަތުގައި ތިއްބެވުމަކީ ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "إحުން މިއަދާއި ހަމައަށް" ފޮތް އިފުތިތާހުކޮށްދެއްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ދަތުގެ ފަރުވާ ތަޢާރަފުކުރެއްވި ބޭފުޅުންނަށާއި، މި ދާއިރާއިން ފުރަތަމަ ޚިދުމަތް ދޭން ފެއްޓެވި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ހަވާލުކޮށްދެއްވީވެސް ނައިބު ރައީސެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ އަޑު އެއްސެވުމަށް ފަހު، ސިޔާސަތުތައް ބައްޓަން ކުރެއްވެމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ: ނައިބު ރައީސްޚަބަރު | 35 މިނިޓު ކުރިންއިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރައީސްޚަބަރު | 15 ދުވަސް ކުރިންމިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފިޚަބަރު | މަހެއް ކުރިންނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިން