logo
Bank of Maldives

Bank of Maldives

ޚަބަރު

ގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2026 - 09:21
ގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓު

ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނުވާ ކަމަށާއި އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ބުނެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ބެލި މި މައްސަލާގައި، މިއަދު ހުކުމްކުރީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ބާތިލްކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް އިސްލާހެއް ނޫން ކަމަށް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ކަނޑައަޅުއްވާފައެވެ.

މި މައްސަލާގައި އަލީ ހުސައިން ފާހަގަކުރައްވާފައިވަނީ މި އިސްލާހަކީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފު އިސްލާހެއް ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އައުމާއި، އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގާއި، މަޖިލިސް މެންބަރުން ގައުމީ މަސްލަހަތު އިސްކުރަންޖެހޭ މާއްދާތައް ހިމެނެއެވެ. އަދި 90 ވަނަ މާއްދާގައި ބުނާ މެންބަރަކު ދައްކާ ވާހަކައަކަށް ނުވަތަ ވޯޓަކަށް ފިޔަވަޅު ނޭޅޭނެ ކަމަށް ބުނާ އުސޫލާ ވެސް މި އިސްލާހު ފުށުއަރާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލާގައި ހުކުމް ނެރުއްވީ ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަގުލަބިއްޔަތު ލިބުނު ރައުޔު އިއްވެވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެވެ. މި ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދުކުރައްވާފައެވެ. ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އިސްލާމް ދީނުގެ މަސްދަރަކާ ހިލާފުނުވާ ނަމަ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ގާނޫނުއަސާސީގެ ބައެއް ކަމަށެވެ.

މި މައްސަލާގައި ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެކަންޏެވެ. އެކަމަނާގެ ރައުޔަކީ މި އިސްލާހަކީ ބާތިލްކުރަންޖެހޭ އިސްލާހެއް ކަމަށެވެ. ނަމަވެސް ބެންޗުގެ އަގުލަބިއްޔަތު ރައުޔަށް ރިއާޔަތްކޮށް، ކޯޓުން ނިންމީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ދެމިއޮންނާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ އިސްލާހުން ރައްޔިތުން އެދިއެދި ތިބި ބަދަލަށް މަތީ ކޯޓުގެ ތާއީދުރިޕޯޓް | 16 ދުވަސް ކުރިން ހަ ފަނޑިޔާރުންގެ ނިންމުން: ދިވެހި ދުސްތޫރީ ހަޔާތުގެ ވަރުގަދަ ނިންމުމެއްރިޕޯޓް | 17 ދުވަސް ކުރިންގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓުޚަބަރު | 17 ދުވަސް ކުރިންމެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިޚަބަރު | މަހެއް ކުރިން