logo
Bank of Maldives

Bank of Maldives

ރިޕޯޓް

ހަ ފަނޑިޔާރުންގެ ނިންމުން: ދިވެހި ދުސްތޫރީ ހަޔާތުގެ ވަރުގަދަ ނިންމުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2026 - 14:03
 ހަ ފަނޑިޔާރުންގެ ނިންމުން: ދިވެހި ދުސްތޫރީ ހަޔާތުގެ ވަރުގަދަ ނިންމުމެއް

ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިއަދަކީ ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންގެ ބާރު ދެމެހެއްޓުމަށް ނިންމި ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި މައްސަލައަކީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލްކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން މި މައްސަލަ ބެލުމަށްފަހު، ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެ އިސްލާހު ބާތިލްކުރެވެން ނެތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުއްތަމަ ފަނޑިޔާރު އިއްވެވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ އިސްލާހެއް ގެނައުމަކީ ގާނޫނުއަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ވެސް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އުސޫލު (Anti-Defection laws) އޮންނަކަން ހުކުމުގައި ފާހަގަކުރެއްވިއެވެ. މިފަދަ ގާނޫނުތަކުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ގޮތުން ނާޖާއިޒް ފައިދާ ނެގުމުގެ ދޮރުތައް ބަންދުކޮށް، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ނިންމުމާއެކު، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ މައްޗަށްވެސް މި އިސްލާހު ހިނގާނެއެވެ. ސުޕްރީމް ކޯޓުން ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ބެލުމުގެ އިހުތިސާސް އެ ކޯޓަށް އޮންނާނެ ކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް "ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިން" ނުވަތަ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އޮންނާނީ މަޖިލީހަށް ކަމަށް ހުކުމުގައި ފާހަގަކުރެއްވިއެވެ.

އާންމު ރައްޔިތުންގެ ވިސްނުމަށް ބަލާއިރު، އިންތިޚާބުވާ ޕާޓީ ދޫކޮށް އެހެން މަގަކަށް މެންބަރުން ދިއުމަކީ ވޯޓު ދިން ރައްޔިތުން އެއް އިރެއްގައި ވެސް ރުހޭ ކަމެއް ނޫނެވެ. މިއީ ރައްޔިތުންގެ އިތުބާރަށް އިއާދަނުކުރެވޭ ފަދަ ގެއްލުންދޭ އަމަލެކެވެ. ތާރީޚަށް ބަލާއިރު، މިގޮތަށް އަމަލުކުރާ މެންބަރުންނަކީ އަމިއްލަ މަންފާއަށް މަސައްކަތްކުރާ ބަޔެއްގެ ގޮތުގައި ރައްޔިތުން ލޭބަލްކުރެއެވެ. މިކަމަށް ދާއިމީ ހައްލަކަށް ރައްޔިތުން އެދިއެދި ތިއްބާ، ސުޕްރީމް ކޯޓުގެ މި ހުކުމުން މިވަނީ ރައްޔިތުންގެ ބާރު ދަމަހައްޓައިދީފައެވެ.

މިއަދުގެ ހުކުމަށް ތާއީދުކުރެއްވި ހަ ފަނޑިޔާރުން ދެއްކެވީ ތަޖުރިބާގެ އަލީގައި ވަރުގަދަ އިލްމީ ހުއްޖަތްތަކެކެވެ. ގާނޫނީ ގޮތުން އާރުލާ މިސާލުތައް ދައްކަވަމުން، މުޅި ނިޒާމު ވަށާޖައްސަވައި، ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގެ ތަންފީޒީ ނިޒާމުތަކަށް ރިއާޔަތްކުރެއްވިއެވެ. މިއީ ދިވެހިންގެ ހަމަޖެހުމާއި، ރައްޔިތުންގެ ވޯޓުގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމި ވަރުގަދަ ނިންމުމެކެވެ. މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މައިދާނުގައި "ގަނެވިއްކުމުގެ" ސަގާފަތް ނެތިގޮސް، އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަ ފަނޑިޔާރުންގެ ނިންމުން: ދިވެހި ދުސްތޫރީ ހަޔާތުގެ ވަރުގަދަ ނިންމުމެއްރިޕޯޓް | 2 ގަޑިއިރު ކުރިންގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓުޚަބަރު | 6 ގަޑިއިރު ކުރިންމެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިޚަބަރު | 17 ދުވަސް ކުރިންމެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި އަންނަ ހަފުތާ ހުކުމް އިއްވަނީޚަބަރު | 21 ދުވަސް ކުރިން