logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ޓިކެޓް ސައީދަށް ދިނުމަށް އެ ޕާޓީން ނިންމައިފި

އައިޝަތު ނަޝާ
29 އޭޕްރީލު 2026 - 09:50
ޕީއެންސީގެ ޓިކެޓް ސައީދަށް ދިނުމަށް އެ ޕާޓީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ތަމްސީލްކުރެއްވުމަށް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދަށް ޓިކެޓު ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމީ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ކާމިޔާބުކުރެއްވި ހިތަދޫ އުތުުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވަނީ، ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުންކީ މަރުޙަބާއަށް ޝުކުރުދަންނަވާފައެވެ. ނަމަވެސް މިދިޔަ 3 ދުވަހު އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރެއްވި ކަމަށާއި އެ މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ ފަހަތަށްޖެހި އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނަ ކަމަށް އެނާގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

އަދި މިގޮތަށް ނިންމެވި ނަމަވެސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނިކުމެވަޑައިގަންނަވާ ކެންޑިޑޭޓެއް އިންތިޚާބު ކޮށްދެއްވުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ މަހު ބާއްވަން ނިންމައިފިޚަބަރު | 3 ގަޑިއިރު ކުރިން'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން: މެމްބަރ އަބްދުއްސައްތާރުޚަބަރު | މަހެއް ކުރިންޕީއެންސީގެ ޓިކެޓް ސައީދަށް ދިނުމަށް އެ ޕާޓީން ނިންމައިފިޚަބަރު | 2 މަސް ކުރިންޕީއެންސީގެ އެސްޖީ އަކަށް ފަތުހީ ހަމަޖައްސައިފިޚަބަރު | 2 މަސް ކުރިން