logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިނަންނަށް ނޭވާލެވޭ ވަރު ވީ މި ސަރުކާޜު އައިފަހުން: މެމްބަރު ފަލާހް

އައިޝަތު ނަޝާ
29 އޭޕްރީލު 2026 - 10:06
މަސްވެރިނަންނަށް ނޭވާލެވޭ ވަރު ވީ މި ސަރުކާޜު އައިފަހުން: މެމްބަރު ފަލާހް

ދިވެހި މަސްވެރިންނަށް ނޭވާއެއް ލެވޭ ވަރުވީ މި ސަރުކާރު އައި ފަހުން ކަަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މެމްބަރު ފަލާހް މިފަދައިން ވިދާޅުވީ،މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ފަލާހް ވިދާޅުވީ،އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޭރު އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ،މަސްވެރިކަމުގެ ސިނާއަތަށް އިންޤިލާބީ ބޮޑު ބަދަލު ތަކެއް ގެންނާނެ ވާހަކަ ކަމަށެވެ.އަދި މަސްވެރިކަމަށް ހާއްސަ ރައްރަށުގަައާ، މަސްވެރި ދޯނިތައް ހުންނަ ގޭގޭ ކައިރީގައި ކަންނެލި ފެކްޓަރީ އަޅައިގެން ހިދުމަތް ދޭނެ ވާހަކަ ވެސް އޭރު އެމްޑީޕީ ބޭފުޅުން ބުނަމުން ދިޔަކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ ވެރިކަމުން ފޭބި އިރުގައި،މަސްވެރިންގެ އާއިލާތަކަށް މަސްކިރުމަށްފަހު 270 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް މެމްބަރު ފަލާހް ވިދާޅުވިއެވެ.

"ދެން އެންމެ ފަހުން 2023 ވަނަ އަހަރު ވެރިކަން ކާމިޔާބު ކުރުމަށްޓަކާ ކުރި އަނެއް ކަމަކީ މަހުގެ އަގު އެކަށީގެންނުވާ މިންވަރަކަށް އަގު އުފުލާލި.20 ރުފިޔާ އަށް ހުންނަ އެއްޗެއް 50 ރުފިޔާއަށް ހަދާފަ .މި ބޭފުޅުން ހުރިހާ ކަމެއްވެސް ކުރެއްވީ އަނގައިން.އަމަލީ ގޮތަކުން އެއްވެސް ކަމެއް ތަންފީޒެއް ނުކުރެ.ކޮންމެ ދާއިރާއަކަށް ބެލާލިއަސް އޭރު ފެންނަން ހުރީ ފުނި ޖަހާފަ ހުރި ބިލުތަށް" މެމްބަރު ފަލާހް

މެމްބަރު ފަލާހް ވިދަާޅުވީ 5 އަހަރު ދުވަސް ވަންދެން ބޮޑެތި ބަޖެޓުތައް ފާސްކޮށްފައި،ދިވެހި ދައުލަތަށް އާމްދަނީއެއް ލިބޭފަދަ އެއްވެސް ކަމެއް އެމްޑީޕީ ސަރުކާރުން ކޮށްފައިނުވާކަމަށެވެ. އަދި ކޮންމެ އަަރެއްގެ ބަޖެޓުގައި ބޮޑެތި އަދަދުތައް ޖަހައިގެން ދައުލަތަށް ލިބުނު ހުރިހާ ލާރިއެއް ހުސްކޮށްލީ ގާތް ރައްޓެހިންނަށް ދީގެން ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ،ރައްޔިތުންނަށް ވަރަށް ރަނގަޅަށް މިކަންކަމުގެ ހަޤީގަތް އިނގެން ޖެހޭކަމަށެވެ.އަދި ބޭންކުތަކުން ވެސް ލޯނު ދޫކުރާއިރު މަސްވެރިކަމުގެ ދާއިރާއަށް ހާއްސަ ލޯނުތަކަކާއި ހާއްސަ އުސޫލުތަކެއް ހުންނަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު އަގުބޮޑުވެގެން މިއުޅެނީ ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ފަލާހްޚަބަރު | 14 ދުވަސް ކުރިންއިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަންކަން ފަލާހްގެ މިސާލުތަކުން ހާމަކޮށްދެއްވައިފިޚަބަރު | 25 ދުވަސް ކުރިންރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ ''ދެބޯބުރާންޗެއް'' ކަމަށް: ފަލާހްޚަބަރު | މަހެއް ކުރިންއެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހްޚަބަރު | 2 މަސް ކުރިން