logo
Bank of Maldives

Bank of Maldives

ދުނިޔެ

ކިންގް ޗާލްސް ނިއުޔޯކަށް ކުރައްވާ ޒިޔާރަތުގައި ކޯހިނޫރު އަލިމަސް އަނބުރާ ދިނުމަށް އެދެން މަމްދާނީ ބޭނުންފުޅުވޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޭޕްރީލު 2026 - 12:09
ކިންގް ޗާލްސް ނިއުޔޯކަށް ކުރައްވާ ޒިޔާރަތުގައި ކޯހިނޫރު އަލިމަސް އަނބުރާ ދިނުމަށް އެދެން މަމްދާނީ ބޭނުންފުޅުވޭ

އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ތިންވަނަ ނިއުޔޯކް ސިޓީއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން، އިނގިރޭސި ޝާހީ އާއިލާގެ ތާޖުގައި އިންނަ އަގުބޮޑު ކޯހިނޫރު އަލިމަސް އަނބުރާ ދިނުމަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގެ 9/11 މެމޯރިއަލް އެންޑް މިއުޒިއަމްގައި ބާއްވާ މާބޮކެޓް ބޭއްވުމުގެ ރަސްމިއްޔާތުގައި ރަސްގެފާނާއެކު ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާ މަމްދާނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަސްގެފާނާ ވާހަކަ ދައްކާލުމުގެ ފުރުސަތެއް ލިބިވަޑައިގެންފިނަމަ 100 ކެރަޓްގެ މި އަލިމަސް އަނބުރާ ދިނުމަށް ބާރުއަޅުއްވާނެ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑަށް ރަސްގެފާނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިއްޖެނަމަ... އަޅުގަނޑު ބޮޑަށް ބާރުއަޅާނީ ކޯހިނޫރު އަލިމަސް އަނބުރާ ދެއްވުމަށް،" ބްރޮންކްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަމްދާނީ ވިދާޅުވިއެވެ.

ކޯހިނޫރު އަލިމަހަކީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ އަގުހުރި އެއްޗެއް ކަމަށް އަންދާޒާ ކުރެވޭއިރު، މިއީ އެތައް އަހަރެއް ވަންދެން އިނގިރޭސި ޝާހީ އާއިލާގެ ތާޖުތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މީގެ ކުރިން މި އަލިމަސް ބޭނުންކޮށްފައިވަނީ ރާނީ އެލިޒަބަތު ދެވަނަގެ ތާޖުގައެވެ.

މި އަލިމަހުގެ މިލްކުވެރިކަމާ މެދު އިންޑިއާ، ޕާކިސްތާން، އީރާން އަދި އަފްޣާނިސްތާނުން ދަނީ ދައުވާ ކުރަމުންނެވެ. ވަކިން ހާއްސަކޮށް، 2022 ވަނަ އަހަރު ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން، އެ އަލިމަސް އަނބުރާ ހޯދުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަނީ އަލުން ވަރުގަދަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިންގް ޗާލްސް ނިއުޔޯކަށް ކުރައްވާ ޒިޔާރަތުގައި ކޯހިނޫރު އަލިމަސް އަނބުރާ ދިނުމަށް އެދެން މަމްދާނީ ބޭނުންފުޅުވޭދުނިޔެ | 2 ގަޑިއިރު ކުރިންއީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު ބޮޑުކަމުން ޓްރަމްޕަށް ބޮޑެތި ފިންތުންތަކެއްދުނިޔެ | 20 ގަޑިއިރު ކުރިންއިނގިރޭސި ރަސްގެފާނު ޗާލްސް ލަދުގަންނަވާލަން ޓްރަމްޕް ރާވާފައިވާކަން ފަޅާއަރައިފިދުނިޔެ | 4 ދުވަސް ކުރިންޓްރަމްޕާއި އެމެރިކާގެ އިސްވެރިން ބައިވެރިވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގެ ތެރެއަށް ބަޑި ޖަހައިފިދުނިޔެ | 4 ދުވަސް ކުރިން