logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީބީގެ ރައީސްކަމަށް ނިޒާރު އަލުން އައްޔަންކޮށްފި

އައިޝަތު އިނާޝާ
30 އޭޕްރީލު 2026 - 15:38
ޕީސީބީގެ ރައީސްކަމަށް ނިޒާރު އަލުން އައްޔަންކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީ.ސީ.ބީގެ ރައީސްގެ މަގާމަށް ކުރިންވެސް އެ މަގާމު ފުރުއްވާފައިވާ މުހައްމަދު ނިޒާރު އަލުން ޢައްޔަނުކޮށްފިއެވެ.

ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޒާރު ވަނީ، 2014ވަނަ އަހަރުން ފެށިގެން 2019އަށް ޕީސީބީގެ ރައީސްކަން މީގެ ކުރިން ކުރައްވައިފައެވެ. މުޙައްމަދު ނިޒާރަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.

ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިމަޤާމަށް ނިޒާރު ޢައްޔަންކޮށްފައިވަނީ ޕީ.ސީ.ބީގެ ރައީސް މަޤާމުގައި ހުންނެވި ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

މިދިޔަ އަހަރުގެ މާރިޗު މަހު ޕީސީބީގެ ރައީސްކަމަށް އައްޔަންކުރި އަނަސް ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ.

އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިނޭންސްގެ ނައިބު މިނިސްޓަރުކަމުގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީޑީސީގެ އެމްޑީ އަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިޚަބަރު | 12 ދުވަސް ކުރިންސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފިޚަބަރު | 18 ދުވަސް ކުރިންއެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް، އޯޓީގެ އުސޫލުތައް އިސްލާހުކުރުމަށް ޕީސީބީއިން އަންގައިފިޚަބަރު | 20 ދުވަސް ކުރިންތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ، މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނަން: ޕީސީބީޚަބަރު | 23 ދުވަސް ކުރިން