އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
އައިޝަތު އިނާޝާ
1 މޭ 2026 - 09:48

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިދު މަގާމުން އިސްތިޢުފާ ދެއްވާފައިވާކަން އެ ކޮމިޝަނުން ވަނީ މެންދުރު ޓީވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބް ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޒާހިދު މަގާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސް ހިމެނޭހެން 5 ބޭފުޅުން ތިއްބަވައެވެ.

Ad by Hajj Corporation


