logo
MPL

MPL

ޚަބަރު

ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތް ޤައުމަށް މުހިއްމު: ވަޒީރު ހީނާ

 ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތް ޤައުމަށް މުހިއްމު: ވަޒީރު ހީނާ

ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތް ޤައުމަށް މުހިއްމު ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހު ބޭއްވި ޚާއްޞަ ހިނގާލުމުގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ޤައުމުގެ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ޚިދުމަތަކީ ވެސް އަގު ނުކުރެވޭ ފަދަ ޚިދުމަތެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދުވަހުގެ ހެޔޮ އެދުން ފޮނުއްވަމުން ވަޒީރު ފާހަގަކުރެއްވީ، މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މަސައްކަތްތެރިންނަކީ ޤައުމުގެ ހުންގާނު އަދި އިންޖީނެވެ. އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދު ކަމަށް ވެސް ވިދާޅުވިއެވެ.

"ޢުމްރާނީ ގޮތުން ވިޔަސް، އިޤްތިޞާދީ އަދި އިޖުތިމާޢީ މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް އެކުރައްވަނީ ޤައުމަށް މުހިއްމު ޚިދުމަތެއް." ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި އެއީ އަގުނުކުރެވޭނެ ޚިދުމަތެއް ކަމަށާއި އެބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހު ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ މި ދުވަހުގެ މައިގަނޑު އަމާޒަކީ ޤައުމު ބިނާކުރުމުގައި ހީވާގިކަމާ އެކު މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަށާޖެހޭ ތަރައްޤީ ގެނެވޭނީ އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން: ހީނާޚަބަރު | 38 މިނިޓު ކުރިންމިނިސްޓަރު ހީނާ އަޒަރުބައިޖާންއަށް ފުރާވަޑައިގެންފިޚަބަރު | 17 ދުވަސް ކުރިން ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމުގެ ފުރުސަތު ބޮޑު: މިނިސްޓަރު ހީނާޚަބަރު | މަހެއް ކުރިންއިންވެސްޓަރުން ފައްސާލުމަށް ކުރާ މަސައްކަތްތަކުން ޤައުމާމެދު އޮތް އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ: ހީނާ ވަލީދުޚަބަރު | މަހެއް ކުރިން