logo
MPL

MPL

ޚަބަރު

މިނިސްޓަރު ހީނާ އަޒަރުބައިޖާންއަށް ފުރާވަޑައިގެންފި

އަޙުމަދު ރަމީޒު
26 އޮކްޓޯބަރު 2026 - 03:49
މިނިސްޓަރު ހީނާ ވަލީދު
މިނިސްޓަރު ހީނާ ވަލީދު

ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު އަޒަރުބައިޖާންއަށް ފުރާވަޑައިގަންނަވައިފިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި އޮކްޓޫބަރު މަހުގެ 27 އިން 29 އަށް ބާއްވާ އިންޓަކަލްޗަރަލް ޑައިލޮގްގެ ހަތްވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ވަޒީރު ހީނާ ވަލީދު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފޯރަމްގައި މިނިސްޓަރު ހީނާ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 އިން 29 އަށް "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހު އެވެ. މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.

މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ޖޮއިންޓް ސެޝަންގައިވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާނެ އެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.

ބާކޫ ޕްރޮސެސްގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގައި ދާއިރާއާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބައިވެރިވެ އެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިއްމު ފުރުސަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިސްޓަރު ހީނާ އަޒަރުބައިޖާންއަށް ފުރާވަޑައިގެންފިޚަބަރު | 41 މިނިޓު ކުރިން ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމުގެ ފުރުސަތު ބޮޑު: މިނިސްޓަރު ހީނާޚަބަރު | 14 ދުވަސް ކުރިންއިންވެސްޓަރުން ފައްސާލުމަށް ކުރާ މަސައްކަތްތަކުން ޤައުމާމެދު އޮތް އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ: ހީނާ ވަލީދުޚަބަރު | 25 ދުވަސް ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | މަހެއް ކުރިން