logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިހާބު ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ގަޕޯ ހުށަހަޅައިފި

އައިޝަތު ނަޝާ
1 މޭ 2026 - 14:07
ދެ އިންތިހާބު ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ގަޕޯ ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ.

އޭނާ މިކަން ހުށަހެޅުއްވީ ސަރުކާރުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވުމާއި، މި ދަނޑިވަޅުގައި އިންތިޚާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސްއެޅިދާނެތީއެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޗެއާޕާސަން އިންތިޚާބާއި ދާއިރާގެ އިންތިޚާބާ ބެހޭ ގޮތުން، އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް. މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ"އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ

އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށް އިސް ފަރާތްތަކުން މަޝްވަރާކޮށްގެން 'އިންޓަރީމް އެރޭންޖްމަންޓެއް' ނުވަތަ ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް ގަޕޯ ވަނީ ހުށަހަޅުއްވައިފައެވެ. އަދި އެކަމުގައި އޭނާ ނުހިމެނުމަށް އެދިވަޑައިގެންނެވިއެވެ.

މި ހުށަހެޅުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ބަލައި، އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ގަޕޯ އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ގަޕޯ ހުށަހެޅުއްވި އިރު، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވަރަށް ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވަމުންނެވެ. ދެ ބޭފުޅުން ވެސް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު، އެމްޑީޕީގެ ތެރޭގައި ވަނީ މި އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | މަހެއް ކުރިންސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | 3 މަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 3 މަސް ކުރިން ހަރުގެ ޖަލްސާވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒްޚަބަރު | 3 މަސް ކުރިން