logo
Bank of Maldives

Bank of Maldives

ދުނިޔެ

މެދުއިރުމަތީ ހަނގުރާމައިގައި އެމެރިކަށް އަސްކަރީގޮތުން ބިލިއަން ޑޮލަރުގެ ގެއްލުން!

މެދުއިރުމަތީ ހަނގުރާމައިގައި އެމެރިކަށް އަސްކަރީގޮތުން ބިލިއަން ޑޮލަރުގެ ގެއްލުން!

މިދިޔަ ފެބްރުއަރީ މަހު ފެށި މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން އެމެރިކާ އަސްކަރިއްޔާގެ 2.3 ބިލިޔަން ޑޮލަރާއި 2.8 ބިލިޔަން ޑޮލަރާ ދެމެދުގެ އަގުހުރި އަސްކަރީ ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) ގެ މުޝީރު މާކް ކަންސިއަން ތައްޔާރުކުރެއްވި މި ދިރާސާގައި ފާހަގަކުރައްވާފައިވާ ގޮތުގައި އެ އަދަދަކީ ހަމައެކަނި އަސްކަރީ ސާމާނަށް ލިބުނު ގެއްލުމުގެ އަގެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޚާއްސަ އިކުއިޕްމަންޓަށާއި ކަނޑުގެ އެސެޓްތަކަށް ލިބުނު ގެއްލުން ހިމެނޭ ނަމަ ޖުމްލަ އަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި މާރިޗު 27 ގައި ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން ވައިގެ މަރުކަޒަށް އީރާނުން ދިން ހަމަލާގައި 700 މިލިޔަން ޑޮލަރުގެ ރާޑަރު މަތިންދާބޯޓެއް ސުންނާފަތިވުމާއި، މާރިޗު 1 ގައި ތާޑް މިސައިލް ދިފާއީ ނިޒާމުގެ ރާޑަރަކަށް ލިބުނު 485 މިލިޔަން ޑޮލަރާއި 970 މިލިޔަން ޑޮލަރާ ދެމެދުގެ ގެއްލުން ހިމެނޭ ކަމަށް އެ ދިރާސާއިން ދައްކައެވެ. މީގެ އިތުރުން ކުވައިތުގެ އަސްކަރިއްޔާއިން އޮޅުމަކުން އެމެރިކާގެ ތިން ފައިޓަރ ޖެޓް ވައްޓާލާފައިވާ ކަމަށް ވެސް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

ދައުހާ އިންސްޓިޓިއުޓް ފޮރ ގްރެޖުއޭޓް ސްޓަޑީޒްގެ މުޝީރު އުމަރު އާޝޫރު ވިދާޅުވި ގޮތުގައި ގެއްލުމުގެ ފުރިހަމަ މައުލޫމާތު ސިޔާސީ ސަބަބުތަކަށްޓަކައި އެމެރިކާއިން ހާމަ ނުކުރާނެއެވެ. އެ މައުލޫމާތު ހާމަކޮށްފި ނަމަ ނޮވެމްބަރުގައި ބާއްވާ މެދު ދައުރުގެ އިންތިޚާބަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ އަތުން ފެންނަ ނިޝާންތަކާއެކު އޭނާގެ ސިއްހީ ހާލަތާމެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | 2 ދުވަސް ކުރިންހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރެއިން ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިދުނިޔެ | 3 ދުވަސް ކުރިންޓްރަމްޕްގެ ދެދަރިނަށް ތުހުމަތުވާ ''ޓްރަމްޕް ފޯނު''ނަމުގައި 59 މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ދުނިޔެ | 3 ދުވަސް ކުރިންއީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުސަތު ބޮޑު: ޓްރަމްޕްދުނިޔެ | 9 ދުވަސް ކުރިން