logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން: ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މަރިޔަމް މާޙީ
2 މޭ 2026 - 09:44
މޫސުން: ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ އުތުރުގެ ހއ. އަތޮޅުން ފެށިގެން ދެކުނުގެ ހުވަދު އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭގެ 20:00 އާ ހަމައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިގަދަވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ދެކުނުގެ އަތޮޅުތަކަށް ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.

އެހެންކަމުން މިވަގުތުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން ދަތުރުކުރައްވަންޖެހޭ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ އަޕްޑޭޓުތައް ހޯދުމަސް ވެސް މެޓުން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން: ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިޚަބަރު | 3 ގަޑިއިރު ކުރިންމޫސުން ލަފާކުރެވޭ ގޮތް: އާންމު ގޮތެއްގައި ރަނގަޅުވާނެޚަބަރު | 11 ދުވަސް ކުރިންވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެޚަބަރު | 16 ދުވަސް ކުރިންމާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެޚަބަރު | 17 ދުވަސް ކުރިން