logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާކީ ތިންމެޗު އޮއްވައި އާސެނަލް ހަ ޕޮއިންޓުގެ ލީޑެއްނަގައި ސީޒަނުގައި ޑަބަލް ޓްރޮފީ ހޯދުމާއި ގާތަށް

އަބްދުﷲ ޣާނިމް
3 މޭ 2026 - 03:00
ބާކީ ތިންމެޗު އޮއްވައި އާސެނަލް ހަ ޕޮއިންޓުގެ ލީޑެއްނަގައި ސީޒަނުގައި ޑަބަލް ޓްރޮފީ ހޯދުމާއި ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވިކްޓަރ ގިއޮކެރޭސް ކާމިޔާބުކުރި ދެ ލަނޑާއި ބުކާޔޯ ސަކާގެ ލަނޑާއެކު ފުލަމްގެ މައްޗަށް 3-0 ގެ ފަސޭހަ މޮޅެއް ހޯދައި، އާސެނަލް އިން ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުވެސް ކާމިޔާބުކޮށްފައެވެ.

މެޗުގެ 9 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ ގިއޮކެރޭސްއެވެ. މިއީ އީއެފްއެލް ކަޕް ފައިނަލަށްފަހު ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަކާ ވަނީ އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގިއޮކެރޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އާސެނަލްއަށް ތިން ލަނޑުގެ ލީޑެއް ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި ގިއޮކެރޭސް ދެއްކި މޮޅު ކުޅުމާއެކު އޭނާ މިވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި 21 ލަނޑު ހަމަކޮށްފައެވެ. މިއީ 2014-15 ވަނަ އަހަރުގެ ސީޒަނުގައި އެލެކްސިސް ސަންޗޭޒްއަށްފަހު، އާސެނަލްއާ ގުޅުނު ފުރަތަމަ ސީޒަނުގައި 20 ލަނޑަށްވުރެ ގިނައިން ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި ސަކާ ވަނީ އާސެނަލްއަށް 150 ލަނޑު ޖެހުމުގައި ބައިވެރިވުމުގެ ރެކޯޑު (80 ލަނޑު، 70 އެސިސްޓް) ހަމަކޮށްފައެވެ.

މި ނަތީޖާއާއެކު އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ދެ މެޗު މަދުން ކުޅެފައިވާއިރު، އެޓީމު އަންނަ ހޯމަ ދުވަހު އެވަަޓަންއާ ދެކޮޅަށް ނުކުންނާނެއެވެ. ބަލިވި ފުލަމް އޮތީ ތާވަލުގެ 10 ވަނައިގައެވެ.
މިމޮޅާއެކު އާސެނަލް އަށް ލީގުގައި ބާކީ ތިންމެޗު އޮތްއިރު، ބޮޑު ޅީޑެއްނަގައި 23 އަހަރުފަހުން ލީގު ޓްރޮފީ ހޯދުމުގެ އުއްމީދުއާކޮށްފައެވެ. މީގެ އިތުުރުން އާސެނަލް އިން ވަނީ ޗެންޕިއަންސް ލީގުގެ ސެމީއަށްވެސް ދަތުުރުކޮށްފައެވެ. މިއާއެކު އާސެނަލް ފުރަތަމަ ފަހަރަށް ޔޫރަޕު އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބުކުރުމާއި ގާތަށްވަނީ ޖެހިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާކީ ތިންމެޗު އޮއްވައި އާސެނަލް ހަ ޕޮއިންޓުގެ ލީޑެއްނަގައި ސީޒަނުގައި ޑަބަލް ޓްރޮފީ ހޯދުމާއި ގާތަށްކުޅިވަރު | 2 ދުވަސް ކުރިންޚަރާމްބޯލް ޑާރބީގައި ޕެނަލްޓީ މުބާރާތެއް - ފުރަތަމަ ލެގު 1-1 ޕެނަލްޓީއިން އެއްވަރުކުޅިވަރު | 5 ދުވަސް ކުރިންިނިއުކާސަލް ބަލިކޮށް އާސެނަލް އެޓީމުގެ އަސްލު މަޤާމަށް ޖެހިލައިފިކުޅިވަރު | 9 ދުވަސް ކުރިންނެޓްފްލިކްސްއިން 'ދަ ބޮޓްލާރސް' ސީޒަން 4 އެއް ރަސްމީކޮށް ޕްރީމިއަރކޮށްފިކުޅިވަރު | 12 ދުވަސް ކުރިން