logo
MPL

MPL

ޚަބަރު

ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމުގެ ބޭނުން ހިފުމަށް ރައީސް ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފި

މަރިޔަމް މާޙީ
3 މޭ 2026 - 04:55
ރައީސް އާއެކު ބައެއް ނޫސްވެރިން--- ފޮޓޯ: ރައީސް އޮފީސް
ރައީސް އާއެކު ބައެއް ނޫސްވެރިން--- ފޮޓޯ: ރައީސް އޮފީސް

ވަކި ފަރާތަކަށް ނުޖެހި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި، ސައްހަ، ވަކި ފަރާތަކަށް ނުޖެހޭ، އަދި ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކަށް ބޯލަނބައި، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ދާއިރާއަށް އިންވެސްޓްކުރުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުޞަތު ފުޅާކުރުމުގެ އިތުރުން، އާންމު މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގެ ތެރެއިން، ނޫސްވެރިކަމަށް ފަހި މާހައުލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ދެމެހެއްޓުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ދެފުށް ފެންނަ، ޒިންމާދާރު ނިޒާމެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނޫސްވެރިން ދައްކުވައިދޭ ފަންނީ ގާބިލުކަމާއި، ކެރުންތެރިކަމުގެ އިތުރުން، އަމާނާތްތެރިކަމާއެކު އާންމު މަސްލަހަތު އިސްކޮށް ކުރަމުންދާ ޚިދުމަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، ނޫސްވެރިންނަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުސް އިމާރާތްތަކުގެ ބެލްކަނިތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމު: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާއަތް ބަޔާންކުރާ ބިލު ތަޞްދީޤުކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންރިސޯޓްތަކަކީ ދައުލަތުގެ ތަކެތި، އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިން