logo
Bank of Maldives

Bank of Maldives

ރިޕޯޓް

ނޫސްވެރިންގެ އަގު ވައްޓާލުމަކީ ހަޤީޤަތް ހާމަކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް!

ނޫސްވެރިންގެ އަގު ވައްޓާލުމަކީ ހަޤީޤަތް ހާމަކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް!

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަން އދ. ގެ އާންމު މަޖިލީހުން ނިންމީ 1993 ވަނަ އަހަރުއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ އުސޫލުތައް ދަމަހައްޓައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމަށް އޮތް ހުރަސްތަކާއި ގޮންޖެހުންތައް ވަޒަންކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަމެވެ. ސަރުކާރުތަކާއި ބާރުވެރި ފަރާތްތައް ޒިންމާދާރުކުރުވުމުގައި ނޫސްވެރިން އަދާކުރަނީ މުހިންމު ދައުރެކެވެ. ނަމަވެސް، މިއަދުވެސް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ނޫސްވެރިންނަށް ބިރުދެއްކުމާއި، ހައްޔަރުކުރުމާއި، އަދި ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ސަރަހައްދުތަކުގައި ހަޤީޤަތް ހާމަކުރުމަށްޓަކައި އެތައް ނޫސްވެރިންނެއް ދަނީ ފުރާނަ ގުރުބާން ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު މުޅި ދުނިޔޭގައިވެސް ނޫސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ އިތުބާރު ގެއްލުމުގެ މައްސަލައެވެ. އެންމެ ނޫސްވެރިއަކު ނުވަތަ އެންމެ ނޫހަކުން ފަތުރާ ނުރަނގަޅު ޚަބަރެއްގެ ސަބަބުން، މުޅި މީޑިއާ ދާއިރާ އެއްކޮށް ކުށްވެރިކޮށްލެވެއެވެ. ދޮގު ޚަބަރު ފަތުރާ ކަމުގެ ލޭބަލް އެޅުވުމުގެ ސަބަބުން، ހަޤީޤަތް ހޯދުމަށް ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ އިޚްލާޞްތެރި ނޫސްވެރިންގެ އަގު ވެއްޓެއެވެ. މީގެ ސަބަބުން އާންމުންގެ މެދުގައި ނޫސްވެރިންނަށް އޮންނަ އިޙްތިރާމް ކުޑަވެ، މުޖުތަމައަށް ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވައެވެ.

ނޫސްވެރިން ވަކި ކޮޅަކަށް ޖެހިފައިވާ ކަމަށް ބުނެ، ސިޔާސީ ޕާޓީތަކުންނާއި އާންމުން އެމީހުން ލޭބަލް ކުރެއެވެ. ސަރުކާރަށް ފާޑުކިޔައިފިނަމަ އެއީ "ދޮގު ޚަބަރު" ފަތުރާ ބައެއް ކަމަށް ބުނާއިރު، ސަރުކާރު ދިފާއުކޮށްފިނަމަ އެއީ "ވިކިފައިވާ" ބައެއް ކަމަށް ބުނެ އަބުރަށް ހުރަސް އަޅައެވެ. މިއަދު ރާއްޖޭގައި ވެސް ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރުމަށް ހުރަސް އެޅިފައިވާ ކަމަކީ އޭގައި ޝައްކެއް އޮތް ކަމެއް ނޫނެވެ. ރަސްމީ ނޫސްތަކަށްވުރެ ބޮޑަށް، ސޯޝަލް މީޑިއާގައި ނަން ނޭނގޭ އެކައުންޓުތަކުން ފަތުރާ ފިތުނަވެރި ދޮގު ޚަބަރުތަކުގެ ޒިންމާވެސް އާންމުން އަޅުވަނީ ޒިންމާދާރު ނޫސްވެރިންގެ ބޮލުގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަކީ ހަމައެކަނި މީޑިއާގެ ޒިންމާއެއް ނޫނެވެ. އެއީ މުޅި މުޖުތަމައުގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އިސްކަންދޭންޖެހޭ މުހިންމު ކަމެކެވެ. ނޫސްވެރިކަމަށް މިނިވަންކަން ލިބިގެން ނޫނީ ހަޤީޤީ މާނައިގައި އިންސާނީ ހައްޤުތަކެއް ނުދެމެހެއްޓޭނެއެވެ. މިއަދު މީޑިއާއަށް ކުރާ އިތުބާރު ނަގާލުމުގެ ބަދަލުގައި ނޫސްވެރިކަމުގެ ހައްޤުތައް ހިމާޔަތްކުރުމަކީ ކޮންމެހެން މަޖުބޫރުވެފައިވާ ކަމެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވެއެވެ. މީޑިއާތަކުން ޚަބަރުގެ ސައްހަކަން ކަށަވަރުކޮށް ޒިންމާދާރުވާން ޖެހޭއިރު، އާންމުންވެސް ދޮގު ހަބަރާއި ތެދު ޚަބަރު ވަކިކުރަން ދަސްކުރަންޖެހެއެވެ.

ނޫސްވެރިކަމަށް ހަޤީޤީ މިނިވަންކަމާއި ރައްކާތެރިކަން ލިބިގެން ނޫނީ، މުޖުތަމައުގައި އިންސާނީ ހައްޤުތަކާއި ހަމަހަމަކަން ނުދެމެހެއްޓޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިންގެ އަގު ވައްޓާލުމަކީ ހަޤީޤަތް ހާމަކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް!ރިޕޯޓް | 3 ގަޑިއިރު ކުރިންވަކި ފަރާތަކަށް ނުޖެހި މިނިވަންކަމުގެ ބޭނުން ހިފުމަށް ރައީސް ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންނޫސްވެރިކަމާއި ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް މިނިސްޓަރ އެދިވަޑައިގެންފިޚަބަރު | 6 މަސް ކުރިން