logo
Bank of Maldives

Bank of Maldives

ޚަބަރު

ރަކީދޫ އާއި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
3 މޭ 2026 - 13:20
ރަކީދޫ އާއި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިދިޔަ އޭޕްރިލް މަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ.ރަކީދޫ އަދި މ.ރަތްމަދޫގައި އެ ކޮމެޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، މި ދެ ރަށުގައި ބާއްވަންޖެހޭ އިންތިހާބު ޖޫން 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމައިފިއެވެ.

އީސީންބުނިގޮތުގައި، މި ދެ ރަށުގެ ޑަބްލިއުޑީސީގެ ކޮމިޓީތަކަށް އިންތިހާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މެއި 18 ވަނަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.އަދި މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށް ކަމަށާއި، އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް ކަމަށްވެސް އީސީންބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މި ރަށްތަކުގައި އިންތިހާބުކުރަންޖެހޭ މަގާމުތަކުގެ ތެރޭގައި ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް އެއް މެންބަރު ހިމެނެއެވެ. އަދި ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް ދެ މެންބަރުން ހިމެނެއެވެ.

އީސީން ބުނިގޮތުގައި އެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖޫން 20 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަކީދޫ އާއި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | ދުވަހެއް ކުރިންއިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފިޚަބަރު | 2 ދުވަސް ކުރިންޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް ދެ ޕާޓީއަކަށް އީސީގެ އެންގުމެއް!ޚަބަރު | 5 ދުވަސް ކުރިން