logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިނީގެ ދެލަނޑާއެކު ބާސެލޯނާއަށް ރެއާލް ބަލިކޮށްގެން ތަށި ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި

އަބްދުﷲ ޣާނިމް
4 މޭ 2026 - 03:34
ވިނީގެ ދެލަނޑާއެކު ބާސެލޯނާއަށް ރެއާލް ބަލިކޮށްގެން ތަށި ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި

ސްޕެނިޝް ލަލީގާގައި ރޭ އެސްޕަންޔޯލް އަތުން 2-0 އިން މޮޅުވެ، ވާދަވެރި ބާސެލޯނާއިން ތަށި އުފުލާލުމަށް ކުރަމުންދިޔަ އިންތިޒާރު ރެއާލް މެޑްރިޑުން މަޑުޖައްސާލައިފިއެވެ. ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ދެ ލަނޑާއެކު ރެއާލްއިން ވަނީ ތަށީގެ އުންމީދު އަދިވެސް ދަމަހައްޓާފައެވެ.

އާރް.ސީ.ޑީ.އީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއަށް ލަނޑެއް ޖެހޭގޮތް ނުވީ ނަމަވެސް، ވިނީޝިއަސް ވަނީ މެޗުގެ ކުރީކޮޅު ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެ އިތުރުން އެސްޕަންޔޯލްގެ އޮމަރު އަލް ހިލާލީ ވިނީޝިއަސްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ފުރަތަމަ ރަތް ކާޑެއް ދެއްކި ނަމަވެސް، ވީ.އޭ.އާރް ބެލުމަށްފަހު އެ ނިންމުން ވަނީ ރީނދޫ ކާޑަކަށް ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 55 ވަނަ މިނެޓުގައެވެ. ގޮންޒާލޯ ގާސިއާއާއެކު ކުޅުނު ވަން-ޓޫ އަކަށްފަހު ވިނީޝިއަސް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގެ މެދުތެރޭގައި ޖޫޑް ބެލިންހަމްގެ އެހީތެރިކަމާއެކު ވިނީޝިއަސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ރެއާލްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ވިނީޝިއަސް މިހާރު ވަނީ 2026 ވަނަ އަހަރު ހުރިހާ މުބާރާތްތަކެއްގައި 16 ލަނޑު ޖަހާފައެވެ. މިއީ ލަލީގާގެ އެހެން ކޮންމެ ކުޅުންތެރިއަކަށްވުރެ ގިނަ އަދަދެކެވެ. ޔޫރަޕްގެ ގަދަ ފަސް ލީގަށް ބަލާއިރު އޭނާއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ހަމައެކަނި ހެރީ ކޭން (24 ލަނޑު) އެވެ.

މި ނަތީޖާއާއެކު ބާސެލޯނާއަށް ތަށި ކަށަވަރު ކުރުމުގެ ފުރުސަތު ދެން އޮންނާނީ އަންނަ ހަފްތާ ބަންދުގައި ކުޅޭ 'އެލް ކްލަސިކޯ' މެޗުގައެވެ. އެ މެޗުން ރެއާލް މެޑްރިޑް ބަލިވެއްޖެނަމަ ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ. އަނެއްކޮޅުން އެސްޕަންޔޯލް އަދިވެސް އޮތީ މި ކަލަންޑަރު އަހަރު ލީގު މެޗަކުން މޮޅުނުވެ ނާޒުކު ފައްތަރެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒްކުޅިވަރު | 3 ދުވަސް ކުރިންރެސްލިން މެޗުން ބަލިވި ކުޅުންތެރިޔާ ވިއްކާލަން ރެއާލް އިން މަސައްކަތް ކުރަނީކުޅިވަރު | 4 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ކޯޗުކަމާ މޮރީނޮއޯ ހަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތަށްކުޅިވަރު | 4 ދުވަސް ކުރިންރެކޯޑް ފޮތުން ޖާގަހޯދައި ފުރަތަމަ ފަހަރަށް އެލް ކްލެސިކޯއަކުން ބާސާ ލީގު ކާމިޔާބުކޮށްފިކުޅިވަރު | 5 ދުވަސް ކުރިން