މެދުރާއްޖެތެރެއަށް މޫސުން ގޯސް، އޮތީ ހުދު ސަމާލުގެ
4 މޭ 2026 - 03:48

ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެ އިދާރާ އިން ބުނީ މިއަދު ހެނދުނު 7:15 އިން މެންދުރުފަހު 13:00 އަށް މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާކަމަށެވެ. އަދި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation
މީގެއިތުރުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއްކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މެޓް އޮފީހުން ބުނީ ޖޫން އިން ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭވާރޭއަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.


