logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަން ރުފިޔާ ދޫކުރި!

އައިޝަތު ނަޝާ
4 މޭ 2026 - 04:49
މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަން ރުފިޔާ ދޫކުރި!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ އޭޕްރީލް މަހު މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އެ ކުންފުނިން މިއަދު އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޖުމްލަ 1،068 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ. މި ދޯނިފަހަރުން ޖުމްލަ 4،414 ޓަނުގެ މަސް ކިރުވާފައިވާއިރު، މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 78،778،405 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯއިން ދޫކޮށްފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން، އެފަދަ މަސް ކިރުވި 781 ދޯންޏަކަށް ވަނީ 77 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ކަޅު ބިލަ މަހުގެ ގޮތުގައި ޖުމްލަ 4،146 ޓަނުގެ މަސް މިފްކޯއިން މިދިޔަ މަހު ގަނެފައިވެއެވެ. މިއީ މުޅި ޖުމްލަ ދޫކުރި ފައިސާގެ އެންމެ ބޮޑު އިންސައްތައެވެ.

ދިހަ ކިލޯއިން މަތީގެ ކަންނެލި, 5.78 ޓަން މިފްކޯއިން ގަނެފައިވާއިރު އެ މަސްވެރިންނަށް މިދިޔަ މަހު ވަނީ 115,600 ރުފިޔާ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލީގެ 40 ޓަން ގަނެ, ވަނީ އެއް މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މިއީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަށް ސަރުކާރުންނާއި މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދޫކޮށްފައިވާ ފައިސާއެވެ. ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި، މަސްވެރިންނަށް ލިބެންޖެހޭ އުޖޫރަ ވަގުތުން ވަގުތަށް ދިނުމަކީ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ.

ވމިފްކޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްވެސް ލަސްވުމެއް ނެތި ބަރާބަރަށް ދޫކުރަމުން ގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މަސް ގަންނަ މިންވަރު އިތުރުކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ މަހުގެ ނިސްބަތް މަތިކުރުމަށްޓަކައި ކާރުޚާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ނިމުމުން، މަސްވެރިންނަށް މިހާރަށްވުރެ ފަސޭހައިން މަސް ކިރުވޭނެ އިންތިޒާމު ހަމަޖެހި، މުޅި ސިނާއަތަށް އޭގެ ފައިދާ ކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 21 ގަޑިއިރު ކުރިންމިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަން ރުފިޔާ ދޫކުރި!ޚަބަރު | 2 ދުވަސް ކުރިންމިފްކޯގެ ސީއީއޯގެ މަޤާމަށް އަނަސް އައްޔަންކުރައްވައިފިޚަބަރު | 6 ދުވަސް ކުރިންމިފްކޯގެ ސީއީއޯ ފަރުހަތު މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | 24 ދުވަސް ކުރިން