logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނާ ޚިލާފު ޙަރަކާތްތައް ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެންއެފް އަށް ދީފި

ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި، ފޮޓޯ: މަލީހް ޖަމާލް ފޭސްބުކް
ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި، ފޮޓޯ: މަލީހް ޖަމާލް ފޭސްބުކް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް ބުނެ، އެ ޢަމަލުތައް ހުއްޓާނުލައިފި ނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ސިޔާސީ ޙަރަކާތްތައް ބޭއްވުމުގައި ހުރިހާ ޕާޓީތަކުން ވެސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ހުއްދަކުރާ ދާއިރާގެ ތެރެއިން ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރުން އެހެން ޕާޓީއެއްގެ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ ޢަމަލެއް ކުރުމާއި، އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ވެސް ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުން ބުނި ގޮތުގައި މި ފަދަ ޢަމަލުތައް ނުހިންގުމަށް ޕީއެންއެފް އަށް ނަސޭޙަތްތެރިވެ އެކަން އެ ޕާޓީއަށް ވަނީ އަންގައިފައެވެ. އަދި މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ޙާޟިރުވާން ދަޢުވަތު ދީފައިވީ ނަމަވެސް، ޕީއެންއެފް އިން ކޮމިޝަނަށް ޙާޟިރުވުމަށް އުޒުރުވެރިވެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤާނޫނާ ޚިލާފު ޙަރަކާތްތައް ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެންއެފް އަށް ދީފިޚަބަރު | 2 ގަޑިއިރު ކުރިންރަކީދޫ އާއި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 2 ދުވަސް ކުރިންއިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފިޚަބަރު | 3 ދުވަސް ކުރިން