logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލެސީމިއާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތް ފަށަނީ

އަޙްމަދު ޒަލީފް
13 އޮކްޓޯބަރު 2024 - 12:24
ތެލެސީމިއާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތް ފަށަނީ

ރާއްޖޭގައި ކަންބޮޑުވުމާ މިންވަރަށް އިތުރުވަމުންދާ ތެލަސީމިއާގެ ކޭސްތައް މަދުކުރުމަށް ތެލަސީމިއާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަން ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ސަރުކާރުން ދަނީ ތެލަސީމިއާއާ ދެކޮޅަށް މަސައްކަތްކުރުމުގެ މާސްޓަރ ޕްލޭން މިމަހު އިފްތިތާޙުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ތެލަސީމިއާއާއި ދެކޮޅަށް ރަސްމީ ސިފައެއްގައި މަސައްކަތް ފެށިގެންއައީ 1994 ވަނަ އަހަރުގެ ތެރޭގައި މިހާރު ހުރި ތެލަސީމިއާ ސެންޓަރު ވުޖޫދަށް އައުމާއެކީގައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ޢުމްރާނީގޮތުން އަދި ޚިދުމަތްތަކަށް ބަލާއިރުވެސް މާބޮޑު ބަދަލެއް އެތަނުން ނުފެންނަކަމުގެ ޝަކުވާއަކީ ތެލަސީމިއާ ތަޙައްމަލުކުރަމުންދާ ޢާއިލާތަކުގެ ދުވަސްވީ ޝަކުވާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތެލަސީމިއާ ހުއްޓުވުމަށް ޢާއްމުން ހޭލުންތެރިކުރުވުމާއި، ތެލަސީމިއާއަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށް ޤާނޫނީ ބާރުވެރިކަމާއެކު ޑިރެކްޓަރ ޖެނެރަލެއްގެ ބެލުމުގެ ދަށުން ސީދާ ވަޒީރުގެ އިރުޝާދާއެކު ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ސެންޓަރެއް ޤާއިމުކުރުމަށް ޤާނޫނު ލާޒިމުކުރެއެވެ.

މީގެއިތުރުން އަހަރުން އަހަރަށް ތެލަސީމިއާ ކުދިން ލިބޭ އިންސައްތަ ދަށްކުރުމަށް އަމާޒުކަނޑައަޅާ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުންނަށް ޢާއިލާ ރޭވުމުގައި ދޭންޖެހޭ މަޢުލޫމާތާއި ކައުންސެލިން ފޯރުކޮށްދޭންޖެހޭކަމަށް މިޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މިވީ މުއްދަތުގެ ތެރޭގައި މާލެ ސަރަޙައްދުގައި ކައިވެނި ކުރުމުގެ ކުރިން ތެލަސީމިއާ ކާޑު ހުށައެޅުން މަޖުބޫރުކުރުވުން ފިޔަވާ އިތުރު ބޮޑު މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

2014 ވަނަ އަހަރު ތެލަސީމިއާއާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާއަކުން ޢާއްމުންގެ މެދުގައި ތެލަސީމިއާއާއި ގުޅޭ މަޢުލޫމާތު އެނގޭ މިންވަރާއި ހޭލުންތެރިކަން ދަށްކަންވަނީ ފާހަގަވެފައެވެ. ރާއްޖޭގައި ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި 2015 ވަނަ އަހަރުން ފެށިގެންދަނީ ފުރުސަތުތައް ދެމުންނެވެ.

މިގޮތުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ތެލަސީމިއާއާއި މެދު އިހުމާލުވެފައިވާއިރު މިކަން ބަދަލުކޮށް ރާއްޖޭގައި ތެލަސީމިއާ ކުދިން ލިބޭ ނިސްބަތް މަދުކުރުމުގެ މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފައްޓަވާފައެވެ. ތެލަސީމިއާއަށް ވަށާޖެހޭ ޙައްލެއް ގެނައުމަށް އެކުލަވާލާ މިޕްލޭންގެ ދަށުން ތެލަސީމިއާގެ ފަރުވާތައް ފޯރުކޮށްދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ.

ސަރުކާރުން ދަނީ މިމަހުގެ ތެރޭގައި މާސްޓަރ ޕްލޭން އިފްތިތާޙުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހޮސްޕިޓަލް ތަރައްޤީކުރުމަށް 72000 އަކަފޫޓުގެ ބިމެއް ހުޅުމާލޭ ދެވަނަ ފިޔަވަހިން މިހާރުވަނީ ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަށް ފަސޭހަކުރަން ހޮޓްލައިނެއް ޚަބަރު | 2 މަސް ކުރިންތެލަސީމިއާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއް: ރައީސްޚަބަރު | 4 މަސް ކުރިންތެލަސީމިއާ ސެންޓަރު ދެން ހިންގާނީ ހޮސްޕިޓަލެއްގެ ގޮތުގައި ޚަބަރު | 6 މަސް ކުރިންތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނަން - ރައީސް ޚަބަރު | 6 މަސް ކުރިން