logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެމްއޭ އިން ބާއްވާ "ފައިނޭންޝަލް އެކްސްޕޯ" އަންނަ ޖޫން މަހު ބާއްވަނީ

މަރިޔަމް މާޙީ
5 މޭ 2026 - 04:13
2015 ވަނަ އަހަރު ބޭއްވުނު ފައިނޭންޝަލް އެކްސްޕޯ ހުޅުވަނީ--- ފޮޓޯ: އެމްއެމްއޭ
2015 ވަނަ އަހަރު ބޭއްވުނު ފައިނޭންޝަލް އެކްސްޕޯ ހުޅުވަނީ--- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ފައިނޭންޝަލް އެކްސްޕޯ" މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މި އެކްސްޕޯ ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މާލީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާއި އާންމު ރައްޔިތުން އެއްތަނަކުން ބައްދަލުވެ، މާލީ ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެމްއެމްއޭ އިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މި އެކްސްޕޯގެ ތެރެއިން މާލީ ދާއިރާގައި ހަރަކާތްތެރިވާ ތަފާތު އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އާންމުންނަށް އެއްތާކުން ލިބިގެންދާނެއެވެ. މީގެ އިތުރުން، ހިދުމަތްދޭ ފަރާތްތަކުން އަލަށް ތައާރަފުކުރާ ހިދުމަތްތައް އިފްތިތާހް ކުރުމުގެ ހަރަކާތްތައް ވެސް މި އެކްސްޕޯގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

މި ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ހުޅުވިގެންދާ ރަނގަޅު ފުރުސަތެކެވެ.

އެންމެ ފަހުން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވަނީ 2017ވަނަ އަހަރުއެވެ. އަދި އޭގެ ކުރިން 2015ވަނަ އަހަރު ވެސް އެކްސްޕޯ ބާއްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކޮށް، މި އަހަރު 7 އެވޯޑެއް ދޭން ނިންމައިފިޚަބަރު | 2 ގަޑިއިރު ކުރިންއެމްއެމްއޭ އިން ބާއްވާ "ފައިނޭންޝަލް އެކްސްޕޯ" އަންނަ ޖޫން މަހު ބާއްވަނީޚަބަރު | 3 ގަޑިއިރު ކުރިންބޭނުން ކުރެވޭ ރިޒާވް އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއްޚަބަރު | 16 ދުވަސް ކުރިންދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | މަހެއް ކުރިން