logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކޮށް، މި އަހަރު 7 އެވޯޑެއް ދޭން ނިންމައިފި

މަރިޔަމް މާޙީ
5 މޭ 2026 - 05:08
މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކޮށް، މި އަހަރު 7 އެވޯޑެއް ދޭން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރު އަލަށް "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ތައާރަފްކޮށް، ޖުމްލަ ހަތް ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމައިފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެމްއެމްއޭ އިން މިއަހަރު އަލަށް ދޭން ފަށާ އެވޯޑުތަކަކީ، މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑުތަކެއް ކަމަށެވެ. މިއަހަރު މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މާލީ ދާއިރާގެ އެކި ދާއިރާތަކުން ޖުމްލަ 7 ގިންތިއަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މާލީ ނިޒާމު ހަރުދަނާ ކުރުމަށް އެމްއެމްއޭ އިން އެންމެ އިސްކަމެއްދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ފައިނޭންޝަލް އިންކްލޫޝަން، ފައިނޭންޝަލް ލިޓްރޭސީ، ޑިޖިޓަލް ފައިނޭންސް، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް (އެސްއެމްއީ) ފައިނޭންސް، އަދި ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް ފަދަ ދާއިރާތައް ހިމެނޭ ކަމަށް އެމްއެމްއޭ އިން ވަނީ މައުލޫމާތު ދީފައެވެ.

މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެވޯޑް ލިބޭ ފަރާތްތައް އިއުލާން ކުރަން ހަމަޖެހިފައިވަނީ އެކަމަށް ޓަކައި ހާއްސަކޮށް ބޭއްވޭ ރަސްމިއްޔާތެއްގައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ދުވާލަކު 5،000 މީހުން ޒިޔާރަތްކުރި: އެމްއެމްއޭޚަބަރު | 13 ދުވަސް ކުރިންމިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީޚަބަރު | 14 ދުވަސް ކުރިންމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން، ފައިސާގެ އިނާމުތަކާ އެކު، އަގު ބޮޑު ތި އިނާމުތަކެއް ދެނީޚަބަރު | 15 ދުވަސް ކުރިންދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | 2 މަސް ކުރިން