logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ކުޅިވަރު

ކާވާގައި ރާއްޖޭގެ ޒުވާން ޓީމަށް ނާކާމިޔާބީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 އޮކްޓޯބަރު 2024 - 13:07
ކާވާގައި ރާއްޖޭގެ ޒުވާން ޓީމަށް ނާކާމިޔާބީ

ކާވާގެ 20 އަހަރުން ދަށުގެ މެންސް ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެއްޖެއެވެ.

ސްރީލަންކާގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެއާ އެކު ވާދަކުރީ ހަ ޓީމެވެ. އެ މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ކުޅުނީ ތުރުކެމިނިސްތާނާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ލަންކާއާ ދެކޮޅަށް ވެސް ތިން ސެޓުން ރާއްޖެ ބަލިވިއިރު، ތިން ވަނަ މެޗުން ނޭޕާލްއާ ދެކޮޅަށް ވެސް ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ހަތަރު ވަނަ މެޗުގައި އުޒްބެކިސްތާންއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު އެ މެޗުން ވެސް ރާއްޖެ ބަލިވީ ތިން ސެޓުންނެވެ. އަދި އެ މުބާރާތުގެ އެންމެ ފަހު މެޗުން، ކްރިގިސްތާނާ ދެކޮޅަށް ވެސް ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.

މީގެ އިތުރުން ވެސް އެ މުބާރާތުގައި ރާއްޖެއިން ލަންކާއާ ދެކޮޅަށް ރޭންކިން މެޗެއްގައި ނުކުތެވެ. އެ މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ ތިން ސެޓުން ބަލިވެފައެވެ.

އެހެންކަމުން އެ މުބާރާތް ރާއްޖެއިން ނިންމާލީ، އެއްވެސް ސެޓެއް ވެސް ނުލިބިއެވެ. އެ މެޗުތަކުން ބަލިވި ނަމަވެސް، ރާއްޖޭގެ ޓީމުން އުންމީދީ ކުޅުމެއް ދެއްކި ކަން ފާހަގަކުރެވުނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީން ހެއްވާލައި ޤައުމީ އަންހެން ވޮލީ ޓީމު ފައިނަލަށް!ކުޅިވަރު | 5 ގަޑިއިރު ކުރިންތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފިކުޅިވަރު | 2 މަސް ކުރިން23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފްކުޅިވަރު | 3 މަސް ކުރިންވީއޭއެމް ކަޕް: ވެމްކޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދައިފިކުޅިވަރު | 8 މަސް ކުރިން