logo
Bank of Maldives

Bank of Maldives

ޚަބަރު

ރީޓެއިލް ސައިޓްތަކުން ޑޮލަރު ކާޑު ބޭނުންކޮށްގެން ބޭނުން އަދަދަކަށް ވިޔަފާރިކުރެވޭނެ: ބީއެމްެެއެލް

އައިޝަތު ނަޝާ
6 މޭ 2026 - 04:57
 ރީޓެއިލް ސައިޓްތަކުން ޑޮލަރު ކާޑު ބޭނުންކޮށްގެން ބޭނުން އަދަދަކަށް ވިޔަފާރިކުރެވޭނެ: ބީއެމްެެއެލް

ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)އިން ބުނެފިއެވެ.

އެބޭންކުން މިހެން ބުނީ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެންނެވެ.

ބީއެމްއެލްއިން ބުނީ ޓޭމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެކަމަށާއި މިކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށެވެ. ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް ޑޮލަރު ވިއްކާ އަދަދަށް ވަކި ލިމިޓެއް ކަނޑައެޅުންކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އޮންލައިން ސައިޓްތަކުން މުދާ ގަންނަމުންދާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ބެންކުން ބޭރުވާ ބޭރު ފައިސާގެ ބޮޑު ބައެއް މަދު ބައެއްގެ މައްޗަށް ބެހިގެންދާކަން އެބެންކުން ފާހަގަކުރައްވައެވެ.

ރާއްޖޭން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލްއިން ބޭރަށް ފޮނުވަންޖެހެއެވެ. މަހަކު 30 ޓްރާންސެކްޝަނަށްވުރެ އިތުރަށް ޓްރާންސެކްޝަން ހަދާކަމަށް މިހާރު ފާހަގަވެފައިވަނީ %3 މީހުން ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އަދި މިގެނެވުނު ބަދަލަކީ އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ގެނެވޭ ހެޔޮބަދަލެއްގެ ގޮތުގައި އެ ބޭންކުން ވަނީ ސިފަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފިކުޅިވަރު | ދުވަހެއް ކުރިންބީއެމްއެލް އިން ޑޮލަރުން އިންވެސްޓްކުރުމުން ޑޮލަރުން ދޭ ގޮތަށް ނިންމައިފިވިޔަފާރި | 4 ދުވަސް ކުރިންބޮޑުތަކުރުފާނުމަގުގެ އާ ޕާކިން ޒޯންގައި ގަސް އިންދައިފިޚަބަރު | 17 ދުވަސް ކުރިންމިއަހަރުތެރޭ ބީއެމްއެލްގެ އެސެޓް 60 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފިޚަބަރު | 22 ދުވަސް ކުރިން