logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުތެރޭ ބީއެމްއެލްގެ އެސެޓް 60 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފި

އަޙުމަދު ރިޝާން
18 ޖުލައި 2026 - 12:42
މިއަހަރުތެރޭ ބީއެމްއެލްގެ އެސެޓް 60 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފި

މިއަހަރުތެރޭ ބޭންކް އޮފް މޯލްޑިވްސްގެ އެސެޓު 60 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފި ކަމަށް ގައުމީ ބޭންކް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މިދިޔަ އަހަރު ބޭންކްގެ އެސްޓް 55 ބިލިޔަނަށް އަރާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އައިއިރު 60 ބިލިޔަން ރުފިޔާ އަރާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ރިކޯޑް އަދަދަކަށް އަރާ 30 ބިލިޔަން ރުފިޔާ އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ބޭންކުގައި ކަސްޓަމަރުން ބަހައްޓަފައި ހުރި އަދަދު 41 ބިލިޔަން ރުފިޔާ އަށް ވުރެ އިތުރުވެފައި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރީފު ވިދާޅުވީ ބީއެމްއެލް ހިންގަނީ ބޭންކްތައް ހިންގާ ގާނޫނާއި ގަވައިދުތަކުގެ މަތިން ކަމަށެވެ. އެގޮތުން ބެންކުގެ ކެޕިޓަލް ޑިކްލެސީ ރޭޝިއޯ ގާނޫނު ބުނާ މިންވަރަށްވުރެ، ތިން ގުނަ މަތީގައި ހުރި ކަމަށް ވެސް އެ ބޭންކުން މައުލޫމަތުދެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން ޑޮލަރުން އިންވެސްޓްކުރުމުން ޑޮލަރުން ދޭ ގޮތަށް ނިންމައިފިވިޔަފާރި | 3 ދުވަސް ކުރިންބޮޑުތަކުރުފާނުމަގުގެ އާ ޕާކިން ޒޯންގައި ގަސް އިންދައިފިޚަބަރު | 16 ދުވަސް ކުރިންމިއަހަރުތެރޭ ބީއެމްއެލްގެ އެސެޓް 60 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފިޚަބަރު | 21 ދުވަސް ކުރިން ރީޓެއިލް ސައިޓްތަކުން ޑޮލަރު ކާޑު ބޭނުންކޮށްގެން ބޭނުން އަދަދަކަށް ވިޔަފާރިކުރެވޭނެ: ބީއެމްެެއެލްޚަބަރު | 3 މަސް ކުރިން