އާސެނަލްގެ އިންވިންސިބަލް ތަށީގެބިރާއެކު ހަތުރުންތައް ހޮހޮޅައަށް ވަދެ ޕީއެސްޖީއާއި ބަޔާން ކައިރީގައި އާދޭސްކުރަނީ
6 މޭ 2026 - 14:25

ތާރީޚުގައި ޔޫރަޕްގެ މައިދާނުގައި ކުރިމަތިވި ނާކާމިޔާބީތަކާއި ފާޑުކިޔުންތައް ހުއްޓުމެއްނެތި އޮއްސަމުންގެންދިޔަ އާސެނަލްގެ ހަތުުރުން ރޭގެ ނަތީޖާއާއެކު ހޮރަށްވަދެ ފިލަިއފިއެވެ. އެގޮތުން ރޭޣައި އާސެނަލް ވަނީ އެންމެން ހައިރާންކޮށްލުމަށްފަހު ކުލަބުގެ ތާރީޚުގައި އާސެނަލް ދެވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފައެވެ. އެގޮތުން މިސީޒަނުގައި ޔުއޭފާ ޗެންޕިއަންސް ލީގުގައި އާސެނަލް ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ފާއިތުވި އަހަރުތަކުގައި އެ ކްލަބަށް އަމާޒުވި ފާޑުކިޔުންތަކަށް ދިން ވަރުގަދަ ރައްދެކެވެ. މިއާއެކު ފާޑުކިޔުންތެރިން މިހާރު ދަނީ މިތަށި އާސެނަލް އިން ނެގިޔަ ނުދޭން ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާ ބަޔާން އާއި ޕީއެސްޖީ ކުޅުންތެރިންކައިރީގައި އާދޭސްކުރަމުންނެވެ.
އުތުރު ލަންޑަނުގެ މި ކްލަބުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 1-0 އިން ކުރިހޯދައި، އެގްރިގޭޓް 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. މިއީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި އާސެނަލް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation
ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ފެންވަރު ދަށް ކަމަށް ބުނެ ކުރިމަތިވި ލޭބަލްތައް މި ސީޒަނުގައި އާސެނަލް އިން ވަނީ ބަދަލުކޮށްލާފައެވެ. ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ޓީމު މި މުބާރާތުގައި މިހާތަނަށް ބަލިވެފައި ނުވާއިރު، އެ ޓީމުން ވަނީ ދިފާއީ ގޮތުންނާއި ޓެކްޓިކަލް ގޮތުން ބޮޑު ކުރިއެރުމެއް ދައްކާފައެވެ.
ޝައްކުތަކުން ކުރިމަގަށް
އާސެނަލްގެ މި ދަތުރުގައި ގިނަ ބަޔަކު ވަނީ އެ ޓީމުގެ ފެންވަރާ މެދު ސުވާލު އުފައްދާފައެވެ. ނަމަވެސް، ކޮންމެ މެޗަކަށް ފަހު ގަނާސް އިން ވަނީ ދަނޑުމަތީގައި އެމީހުންގެ ފެންވަރު ސާބިތުކޮށްދީފައެވެ. ޔޫރަޕްގެ ވަރުގަދަ ޓީމުތަކާއި، ވަރުގަދަ ޑިފެންސެއް އޮތް އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަކީ އެ ޓީމުގެ ސާބިތުކަން ހާމަވާ ކަމެކެވެ.
ތާރީޚީ ސީޒަނެއް
މިއީ ހަމައެކަނި މުބާރާތެއްގެ ފައިނަލަށް ދިއުމެއް ނޫނެވެ. މިއީ އާސެނަލް އިން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެވެ. އެންމެ ފަހުން 2006 ވަނަ އަހަރު ފައިނަލުގައި ކުޅުނު އާސެނަލް މިހާރު އޮތީ އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލުމާ ވަރަށް ގާތުގައެވެ.
ބުކާޔޯ ސަކާ ފަދަ ޒުވާން ކުޅުންތެރިންގެ ހަކަތައާއި، ޓީމުގެ ތަޖުރިބާކާރު ޑިފެންސް ގުޅިގެން އާސެނަލް މިހާރު ވެފައިވަނީ ޔޫރަޕްގެ އެންމެ ފުރިހަމަ އެއް ޓީމަށެވެ. ބުޑަޕެސްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލަށް އާސެނަލް ކުރިމަތިލާއިރު، އެ ޓީމުން ވަނީ ފާޑުކިޔުންތެރިންގެ ވާހަކަތަކަށް ދަނޑުމަތީގައި ޖަވާބު ދީފައެވެ.


