logo
Bank of Maldives

Bank of Maldives

ކުޅިވަރު

މުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފި

އަބްދުﷲ ޣާނިމް
21 މޭ 2026 - 12:53
މުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި 22 އަހަރަށްފަހު އާސެނަލްއިން ކާމިޔާބުކުރުމާ ގުޅިގެން، ރާއްޖޭގައި ތިބި އެ ކްލަބުގެ ސަޕޯޓަރުން އިސްނަގައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ހިނގާލުން ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހިނގާލުން ތާވަލުކޮށްފައިވަނީ 5 ޖޫން 2026 ވާ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހަރަކާތުގެ މައިގަނޑު ހުރިހާ ކަމެއް މިހާރު ވަނީ ނިމިފައެވެ. އަދި މި ބޮޑު ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދޭނެ ސްޕޮންސަރުންވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ، މިހާރު ކުރިއަށްދަނީ ހިނގާލުމުގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ ޚާއްޞަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. މި ޓީމުގައި ބައިވެރިވާން ބޭނުންވާ ސަޕޯޓަރުން މާދަމާ ހެނދުނު 9:00 ގެ ކުރިން ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ.

"މިއީ ރާއްޖޭގެ އާސެނަލް ސަޕޯޓަރުންނަށް ލިބޭ ތާރީޚީ ފުރުޞަތެއް،" އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. ހިނގާލުމަށް އަންނައިރު ކްލަބުގެ ޖާޒީގައި، އާއިލާ އާއި ރައްޓެހިންނާއެކު ބައިވެރިވުމަށް ހުރިހާ ސަޕޯޓަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

މި ހަރަކާތުގެ އިންތިޒާމު ކޮމިޓީގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޕްރިމިއާ ލީގުގެ ހަނދާނީ މެޑަލްއެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ލީގުގެ ފަހު މެޗު ނުވަތަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބޮޑު ސްކްރީނުން ބެލުމުގެ އިންތިޒާމުވެސް ހަމަޖެއްސުމަށް އިންތިޒާމްކުރާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި އެއްވުމަކީ ރާއްޖޭގެއި މިހާތަނަށް ބާއްވާ ފުޓްބޯޅަ ސަޕޯޓަރުންގެ ރެކޯޑް ހަދާނެ ޕެރޭޑްއަށް ވާނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތްތަކުން އުއްމީދުކުރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަން އާސެނަލްއަށް ފަހުވަގުތު ދޯކާ ދިނުމަށްފަހު މޯގަން ރޯޖާސް ޗެލްސީއަށްކުޅިވަރު | 2 ދުވަސް ކުރިންބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފިކުޅިވަރު | 12 ދުވަސް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 2 މަސް ކުރިންމުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފިކުޅިވަރު | 2 މަސް ކުރިން