logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާއީ ދާއިރާއާއި ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އޮސްޓްރޭލިއާއާ މަޝްވަރާކޮށްފި

ދިފާއީ ދާއިރާއާއި ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އޮސްޓްރޭލިއާއާ މަޝްވަރާކޮށްފި

ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައްދަލުކުރައްވައި، ދިފާއީ ދާއިރާއިން މީހުން ބިނާކުރުމާއި ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ސަފީރު ޖެސަޕް ވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތާ ގުޅޭ ގިނަ ދާއިރާތަކަކުން ވާހަކަ ދެކެވުނެވެ. ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން މަޝްވަރާ ކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ވަޒީރު ހަސަން ރަޝީދު ވަނީ ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އޮސްޓްރޭލިއާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަކީ ސަލާމަތީ ގޮންޖެހުންތަކަށް ގުޅިގެން އިޖާބަ ދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ދިފާއީ ދާއިރާއަށް ބޮޑެތި އެހީތައް ފޯރުކޮށްދޭ ގައުމެކެވެ. އެ ގޮތުން އެންމެ ފަހުން އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފައިވާއިރު، ދިވެހި ސަރުކާރުން ބުނެފައި ވަނީ އެއީ ސަރަހައްދީ ސަލާމަތް ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ހޯދި ބޯޓެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިފާއީ ދާއިރާއާއި ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އޮސްޓްރޭލިއާއާ މަޝްވަރާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކުރެވޭނެޚަބަރު | 2 މަސް ކުރިންއޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް ރާއްޖޭގައި ހުޅުވައިފިޚަބަރު | 3 މަސް ކުރިންއޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | އަހަރެއް ކުރިން