logo
Bank of Maldives

Bank of Maldives

ޚަބަރު

ކުދިބޮޑު އެންމެންގެ ހައްގުތަކަށް ބެލުމެއްނެތި އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފުވާކަތައް ސިޔާސީ އެއްވުންތަކުން އިވެމުންދާކަމީ ހިތާމަހުރިކަމެއް: އަނާރާ

އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފުވާކަތައް ސިޔާސީ އެއްވުންތަކުން އިވެމުންދާކަމީ ހިތާމަހުރިކަމެއް: އަނާރާ

 

ކުދިބޮޑު އެންމެންގެ ހައްގުތަކަށް ބެލުމެއްނެތި އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފުވާ ވާހަކަތައް ސިޔާސީ އެއްވުންތަކުން އިވެމުންދާކަމީ ހިތާމަހުރިކަމެއްކަމުގައި ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރަށްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގައި ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، މާތްﷲ އިންސާނުން އުފައްދަވާފައިވަނީ ތަފާތު ސޫރައިގައާއި ތަފާތު ވިސްނުންތަކުގެ މީހުންގެ ގޮތުގައި ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް ވެރިކަމުގެ ނިޒާމު ހިންގުމަށް ސިޔާސީ ތަފާތު ފިކުރުތަކާއި ސިޔާސަތުތަކުގެ ޕާޓީތައް އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ވެރިކަން ހޯދުމަށް މަސައްކަތްކުރާއިރުވެސް، އެންމެންނަކީ ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ބައެއް މުޒާހަރާތަކާއި ސިޔާސީ އެއްވުންތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް ބެލުމެއް ނެތި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަތައް ވަރަށް ބާރަށް ދައްކަމުންދާކަން ފާހަގަކުރެވެއެވެ. "މިހާރު ކުޑަކުދިން ވެސް އެބައަހާ އިއްޒަތްތެރި ރައީސް، މިވެނި ބަހެއްގެ މާނަޔަކީ ކޮބައިހޭ، މިވެނި ބަހެއްގެ މާނަޔަކީ ކޮބައިހޭ. އެއީ ހަގީގަތުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ބަސްތައް ވެސް ބޭނުންކުރަމުން އެބަދޭ،" އަނާރާ ވިދާޅުވިއެވެ.

ގައުމުގެ ވެރިކަމަށް އަންނަން މަސައްކަތްކުރާ ބަޔަކު ރައްޔިތުންގެ ހައްގުތަކާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށާއި، މިފަދަ ކަންކަން އިސްލާހުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީ ވެސް އިޖުތިމާއީ ފޭރާން ރަނގަޅުކުރަން މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ އަނާރާ ވަނީ ސިޔާސީ ބައްދަލުވުންތަކުގައި މިކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފުވާކަތައް ސިޔާސީ އެއްވުންތަކުން އިވެމުންދާކަމީ ހިތާމަހުރިކަމެއް: އަނާރާޚަބަރު | ގަޑިއިރެއް ކުރިންފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު އިތުރުކުރަން ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 5 މަސް ކުރިންޚަރަދު ކުރާނެ މިންވަރަށް ފައިސާ ނުހިމަނާ ބަޖެޓްގައި ޕްރޮޖެކްޓްތައް ޖެހުމަކީ ކަންބޮޑުވުމެއް: އަނާރާޚަބަރު | 2 އަހަރު ކުރިންޚިޔާނާތްވާ ފައިސާ ހޯދުމަށް މަސައްކަތް ކުރާނަމަ އެފަދަ ކަންކަން މަދުވެގެންދާނެ: އަނާރާޚަބަރު | 2 އަހަރު ކުރިން