logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފުޓްބޯޅަ ކުޅުން ހުއްޓާލާފައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ރެސްލިން ތަޅަންފަށައިފި، ބައެއްކުޅުންތެރިން ސަސްޕެންޑްކޮށް އެކަކު ހޮސްޕިޓަލަށް

އަބްދުﷲ ޣާނިމް
7 މޭ 2026 - 17:17
ފުޓްބޯޅަ ކުޅުން ހުއްޓާލާފައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ރެސްލިން ތަޅަންފަށައިފި، ބައެއްކުޅުންތެރިން ސަސްޕެންޑްކޮށް އެކަކު ހޮސްޕިޓަލަށް

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ކްލެސިކޯ މެޗަށް ތިން ދުވަހަށް ވެފައި ވަނިކޮށް، ރެއާލް މެޑްރިޑްގެ ތަމްރީނުތަކުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އެ ޓީމުގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެއެވެ. އީއެސްޕީއެން އިން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީއާ ދެމެދު ހިނގި މާރާމާރީއެއްގައެވެ.
މީގެ ދުވަހެއްކުރިން މިދެކުޅުންތެރިންގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، މިފަހަރު ވަނީ އެކަކަށް އަނިޔާވެ ހޮސްޕިޓަލަށްވެސް ގެންދާންޖެހިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ތަމްރީނުތައް ނިމުނުތަނާ ހިނގި މި ކުރިމަތިލުމުގައި ވަލްވާޑޭގެ މޫނު ފަޅައިގެން ގޮސް ފަހަން ޖެހުނު ކަމަށް މަސްދަރުތަކުން ބުނެއެވެ. މިއީ މި ދެ ކުޅުންތެރިންގެ ދެމެދުގައި މި ހަފްތާގައި ހިނގި ދެވަނަ ކުރިމަތިލުމެވެ. މާކާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ތަމްރީނުތަކުގައިވެސް މި ދެ ކުޅުންތެރިންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭ ގޮތުގައި މި ހަމަނުޖެހުން އުފެދުނީ ތަމްރީނު މެޗެއްގެ ތެރޭގައި ކުރެވުނު ނުރައްކާތެރި ޓެކަލްތަކަކާ ގުޅިގެންނެވެ. ޗުއަމެނީ ޗޭންޖިން ރޫމަށް ދިޔުމުން، ވަލްވާޑޭ ވަރަށް ބޮޑަށް ރުޅިއައިސްގެން އެތަނަށް ވަދެ ދެމީހުންގެ ދެމެދުގައި މާރާމާރީ ހިންގީއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ވަލްވާޑޭ ފުރަތަމަ ޗުއަމެނީ ގައިގައި ކޮޅުފައިން ޖެހުމުން، ޗުއަމެނީ ވަނީ ވަލްވާޑޭގެ ގައިގައި ވަރަށް ބޮޑަށް ޖަހާފައެވެ.

ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމްގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން އެންޓޯނިއޯ ރޫޑިގާ އާއި އަލްވާރޯ ކަރޭރަސްއާ ދެމެދުވެސް ހަމަނުޖެހުން ހިނގާފައިވާއިރު، ކޯޗު އަލްވާރޯ އާބެލޯއާ އާއި ބައެއް ކުޅުންތެރިންނާ ދެމެދުވެސް މައްސަލަތައް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް ކެޕްޓަން ޑެނީ ކަރްވަހާލް އާއި އާބެލޯއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި، ނަތީޖާތައް ދަށްވަމުންދާ ރެއާލް މެޑްރިޑުން މިހާރު ދަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކޯޗުގެ މަގާމަށް ގެނައުމަށް ވިސްނާ ކެންޑިޑޭޓުންގެ ތެރޭގައި ހޯސޭ މޮރީނިއޯ، ޔާގެން ކްލޮޕް، ލިއޮނަލް ސަކަލޯނީ އަދި އުނާއި އެމެރީ ފަދަ ނަންތައް ހިމެނެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ކްލަބުން އެއްވެސް ފިޔަވަޅެއް އަޅާނެކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މިއަންނަ ހަފްތާގެ އެލް ކްލެސިކޯ މެޗަށް ވަލްވާޑެ އަދި ޗުއަމޭނީ ސަސްޕެންޑް ކުރަން ނިންމާފައިވާކަމަށް ގިނަ މަސްދަތުތަކުން ރި÷ޯޓްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅަ ކުޅުން ހުއްޓާލާފައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ރެސްލިން ތަޅަންފަށައިފި، ބައެއްކުޅުންތެރިން ސަސްޕެންޑްކޮށް އެކަކު ހޮސްޕިޓަލަށް ކުޅިވަރު | ގަޑިއިރެއް ކުރިންއެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް އިނދިކޮޅު ސަޕޯޓަރުންނާއެކު ރެކޯޑް މުގުރާލާނެ ޕެޓިޝަނެއް ކުރިޔަށްގެންދަނީކުޅިވަރު | 14 ގަޑިއިރު ކުރިންޖެހިޖެހިގެން ދެ ސީޒަނުގައި ޗޮކުން ދިޔަރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި ތަޅައިގަނެފިކުޅިވަރު | 14 ގަޑިއިރު ކުރިންވިނީގެ ދެލަނޑާއެކު ބާސެލޯނާއަށް ރެއާލް ބަލިކޮށްގެން ތަށި ހޯދުމުގެ ފުރުސަތު ފަހިކޮށްދީފިކުޅިވަރު | 4 ދުވަސް ކުރިން