logo
Bank of Maldives

Bank of Maldives

ޚަބަރު

ހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ : ހުތުބާ

މަރިޔަމް މާޙީ
8 މޭ 2026 - 06:11
ހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ : ހުތުބާ

ހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ޚާއްޞަކޮށްފައިވަނީ 'ހެޔޮ ގޮތުގައި ވެވޭ ހައްޖު' މި މައުޟޫގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުތުބާގައި ބުނީ، ހެޔޮ ގޮތުގައި އަދާކުރެވޭ ހައްޖެއްގެ ޖަޒާއަކީ ސުވަރުގެ ކަމަށެވެ. މި މަތިވެރި ސަވާބު ހޯދުމަށްޓަކައި، ޙައްޖަށް ދިއުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއި، ދަރަނިތައް ލިޔެ ބެލެހެއްޓުމާއި، އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން ޙައްޖުގެ ޚަރަދުތަކަކީ ޙަލާލު ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ހެދުމަށް ގޮވާލާފައިވެއެވެ.

ޙައްޖާއި ޢުމްރާގެ ޙުކުމްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ކެރި ކުޅަދާނަވެއްޖެ މީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބު ކަމެއް ކަމަށެވެ. އަދި އެއްފަހަރަށްވުރެ ގިނައިން މި އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، އެއީ ގިނަގުނަ ސަވާބު ލިބޭނެ ކަމެއްކަން ފާހަގަކުރިއެވެ. ޙައްޖުވުމަށް ކެރި ކުޅަދާނަވުން މާނަކުރެވެނީ ޞިއްޙީ ގޮތުންނާއި، ޚަރަދުކުރުމުގެ މާލީ ތަނަވަސްކަން ހުރުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ، ޙައްޖު ވާޖިބުވުމަށްފަހު އެކަމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޙައްޖުވުމަށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، ފަރުޟު ޙައްޖުވުމަށް އަވަސްވެގަތުމަށާއި، އެއްވެސް މީހަކަށް މުސްތަޤުބަލުގައި ދިމާވާނީ ކޮންކަހަލަ ކަންތައްތަކެއްކަން އެކަކަށްވެސް ނޭނގޭނޭ ކަމަށެވެ.

މީގެއިތުރުން، ޙައްޖުގެ އަޅުކަން އަދާކުރާ ގޮތާއި އޭގެ ޙުކުމްތައް އުނގެނި ދަސްކުރުމުގެ މުހިންމުކަން ހުތުބާގައި ފާހަގަކުރިއެވެ. ޙައްޖުގެ މައްސަރުތަކަކީ ޝައްވާލު މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ހަނދާންކޮށްދެމުން، ޙައްޖު މަހުގެ 9 ވަނަ ދުވަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާ ނިންމާލަމުން ބަޔާންކޮށްފައިވަނީ، ޙައްޖު މަޤްބޫލުވިކަމުގެ ޢަލާމާތަކީ ޙައްޖުން އެނބުރި އައުމަށްފަހު މީހާގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ، ﷲ މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވެ، އަމުރުފުޅުތަކަށް ކިޔަމަންތެރިވުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ : ހުތުބާޚަބަރު | 3 ގަޑިއިރު ކުރިންދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެންވޭ: ހުތުބާޚަބަރު | 7 ދުވަސް ކުރިންހެދުން އެޅުމުގެ މަގުސަދު ގެއްލޭގޮތަށް ހެދުން އެޅުން ހުއްޓާލުމަށް ހުކުރު ހުތުބާގައި ގޮވާލައިފިޚަބަރު | 14 ދުވަސް ކުރިންބަދުރުގެ ދުވަހުގެ އެންމެ މަތިވެރި ފިލާވަޅު: ނަޞްރުދެއްވުން ވަނީ ﷲ އަށް ވަކީލުކުރާ މީހުންނަށްރިޕޯޓް | 2 މަސް ކުރިން